Support Us

މޮމްސް ޖަމިއްޔާގެ "ބެކް ޓު ސްކޫލް ޕްރޮގްރާމަ"ށް މޫމޫ އިން 100 ދަބަސް ހަދިޔާކޮށްފި

މޮމްސް އެންޖީއޯއިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް 2022″ ޕްރޮގްރާމަށް މޫމޫ އިން 100 ދަބަސް ހަދިޔާކޮށްފިއެވެ.

މިއީ އެހީ ބޭނުންވެފައި ތިބި ގިނަ އާއިލާތަކުގެ ކުދިންނަށް ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް މޮމްސް ޖަމިއްޔާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

"ބެކް ޓު ސްކޫލް 2022″ އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއެކު މޮމްސް އެންޖީއޯއިން މިއަހަރުގެ މިހާތަނަށް ވަނީ 134 ކެއާ ޕެކޭޖް ބަހައިފައެވެ.

މޮމްސް އިން ކުރިއަށްގެންދާ ބެކް ޓު ސްކޫލް ޕްރޮގްރާމަކީ ބޭނުން ޖެހިފައިވާ ކުދިންނަށް އެހީވާން ހިންގާ ރަނގަޅު ޕްރޮގްރާމެއް ކަމަށް މޫމޫ އިން ބުނެއެވެ.

"އެ ޕްރޮގްރާމު ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުންވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އުއްމީދު ކުރަން،" އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަރަކާތްތައް ރާވާފައިވާ ކަމަށާއި މުޖުތަމައަށް ފައިދާ ހުރި ކަންކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް މޫމޫއިން ބުންޏެވެ.

މޮމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބެނުންވެފައިވައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މީގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.

މޫމޫ އަކީ ކުޑަކުދިންނަށް ބޭނުންވާ ތަފާތު އުފެއްދުންތަކެއް ފޯރުކޮށްދޭ އޮންލައިން ފިހާރައެކެވެ.

މޫމޫ އިން، ކުޑަކުދިންގެ ހެދުން، އަދި އެކްސެސަރީޒް ލިބެން ހުރި އިރު ކުޑަކުދިންގެ ތައުލީމީ އަދި މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުޅޭ ސާމާނުގެ ގިނަ ވައްތަރުތަކެއްގެ ލިބެން ހުރެއެވެ. ކުޑަކުދިންގެ ހެދުންތަކުގެ ތެރޭގައި ބޭރުގައި ލާ ހެދުމުން ފެށިގެން ނިލަންލާ ހެދުމާއި ބޫޓާއި ސެންޑަލްސް ލިބެން ހުރެއެވެ. އަދި ފާހަގަކޮށްލެވޭ ބްރޭންޑްތަކާއި އެކްސެސަރީޒް ލިބެން ހުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް