Support Us

ގުޅުން ބަދަހިކުރުމާ ގުޅޭ ހަ އެއްބަސްވުމެއް ރާއްޖެއާއި އިންޑިއާ ބަދަލުކޮށްފި

ގުޅުން ބަދަހިކުރުމާ ގުޅޭ ހަ އެއްބަސްވުމެއް ދިވެހިރާއްޖެއާއި އިންޑިއާ އިން ބަދަލުކޮށްފިއެވެ. މި އެއްބަސްވުންތައް ބަދަލުކުރުމަށް ނިއުދިއްލީގެ ހައިދަރުއާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން..

  • "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާއި އިންޑިއާގެ މިނިސްޓްރީ އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅިފައިވާ އެހެނިހެން މުވައްޒަފުންނަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
  • "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ ފޮރ ކޯޕަރޭޝަން އިން ދި އޭރިއާ އޮފް ސައިބަރ ސެކިއުރިޓީ" އަކީ ދެ ޤައުމުގެ ދެމެދުގައި ސައިބަރ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ އިންޑިއަން މިނިސްޓްރީ އޮފް ރެއިލްވޭސް، ކޮމިއުނިކޭޝަންސް އެންޑް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދިނުން އިތުރުކުރުމާއި ޤާނޫނާއި ޤަވައިދުތަކާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
  • "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޮލެބޮރޭޝަން އިން ޕޮޓެންޝަލް ފިޝިންގ ޒޯން ފޯރކާސްޓް ކެޕޭސިޓީ ބިލްޑިންގ" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އަރތް ސައިންސަސްއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.
  • "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ޑިޒާސްޓަރ މެނޭޖްމަންޓް" އަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސް އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ތެރެއިން ކާރިސާގެ ޙާލަތްތައް ބެލެހެއްޓުމުގައި ދެޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
  • ޕޮލިސް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފައެވެ.
  • ހުޅުމާލޭގައި އިތުރު 2،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް 119 މިލިއަން އެމެރިކާ ޑޮލަރުގެ ލެޓަރ އޮފް އިންޓެންޓް އޮން ބަޔަރސް ކްރެޑިޓް ފަންޑިންގ އެޕްރޫވަލް އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފިނޭންސްއާއި އެކްސްޕޯޓް އިމްޕޯޓް ބެންކް (އެގްޒިމް ބެންކް) އޮފް އިންޑިއާއާ ދެމެދު ވަނީ ސޮއިކުރެވިފައެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *