Support Us

ބެކް-ޓު-ސްކޫލް ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

ސްކޫލްތަކުގެ ދިރާސީ އައު އަހަރާ ގުޅުވައިގެން ކުރިޔަށް ގެންދާ ބެކް-ޓު-ސްކޫލް ޕްރޮމޯޝަން އެސްޓީއޯއިން މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔަށްދާނެއެވެ. ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ގަންނަފަރާތް ތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެއެވެ.

"ރީޓެއިލްގެ ތިންވަނަ ނަސީބުވެރިޔާއަށް 1،500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2،500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5،000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބިލައްވާނެއެވެ." އެސްޓީއޯއިން ބުނެއެވެ.

"ހޯލްސޭލްގެ ތިންވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސްގެ ފެން ކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެކެވެ. ދެވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސްގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަންގެ އިތުރުން ހަމަ މި ބްރޭންޑްގެ ޕްރެޝަރ ކުކާރއެކެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބޭނީ 327ލގެ ޗެސްޓް ފްރީޒާއެކެވެ."

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބޭނެއެވެ. މި ކަޕަކީ ލިމިޓެޑް އެޑިޝަން ކަޕް ތަކެއް ކަމަށް ވާތީ ލިބޭނީ ސްޓޮކް ހުސްވަންދެން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *