ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ނިއު ދިއްލީއަށް ވަޑައިގެންފިއެވެ.
ނިއު ދިއްލީގެ ޕާލަމްގައި ހުންނަ ރިސެޕްޓޯރިއަމް އެއަރފޯސް ސްޓޭޝަންގެ ވައިގެ ބަނދަރުން ރައީސް ސޯލިހަށް މަރުޙަބާ ވިދާޅުވީ އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް، އެނިމަލް ހަޒްބަންޑަރީ އެންޑް ޑެއިރީއިންގ، ޑރ. ސަންޖީވް ކުމާރު ބަލްޔާން އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ. ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިންޑިއާގެ ސަގާފީ ހަރަކާތެއް ހުށަހަޅާފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



advertisment