Support Us

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެއްޖެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެއާއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައިނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

މި މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި ޖަޕާނުގެ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *