އދ. ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި، އެކަކު މަރުވި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެންފުށީ ކައުންސިލްގެ ރައީސަށް ފޯނުންގުޅުއްވައި ހާލަތު އޮޅުންފިލުއްވައިފިއެވެ.
މި ފޯންކޯލުގައި ފެންފުށީ ކައުންސިލްގެ ރައީސް ވަނީ، ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވައި އަދި އުދައެރުމުގެ ސަބަބުން ރަށަށް ލިބުނު ގެއްލުންތަކާއި ގުޅޭ މައުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަދުގެ ހިތާމަވެރި ހާދިސާގައި ނިޔާވި ޒުވާނާގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ފެންފުށީގައި މި ދިމާވި ކަންކަމާ ގުޅިގެން ސަރުކާރަށް ކޮށްދެއްވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.



advertisment