މަކަރާއި ހީލަތުން ފައިސާ ހޯދައިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް އައްޑޫ ސިޓީ ހިދަތޫ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދައިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު:
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: މުޙައްމަދު ނާޝިދު، 52، ސ. ހިތަދޫ، އުނިތޮށިގެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A052933
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2022 ޖޫން 26 ވަނަ ދުވަހުގެ 10:00 އަށް
"މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791366 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment