ގެއެއްގެ މުރަނގަ ގަހަކުން މަގުމައްޗަށް އޮތް އޮފިގަނޑަކުން ވަގަށް މުރަނގަފަތް ބިން މީހަކު ހޯދަން އޭނާގެ ވީޑިއޯ ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ މި އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހަކު މަގުމަތިން ދަމުން މުރަނގަ ގަހުގެ ގޮފިގަނޑުގައި ހިފައި ތިރިކޮށް، އޭގެން ބައެއް ބުރިކޮށްލައެވެ.
"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުން ބުނެއެވެ.



advertisment