Support Us

މާރާމާރީއާ ގުޅިގެން މިހާރު ހޯދަމުންދާ ދެ މީހުން

މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި، އަދިވެސް ދެ މީހަކު ނުފެނޭ

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މެއި ދެ ވަނަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށް، ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް ބުނެ، އެ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ހަތަރު މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ މަޢުޞޫމް މުޙައްމަދު ދީދީ، 27، ދަފްތަރު ނަންބަރު ރސ. 2260 އާއި އަޙްމަދު ސާތިޢު، 21، ސ. މަރަދޫ/ ކޮރަލް ކަމަށެވެ.

އެ ދެ މީހުންގެ ތެރެއިން ސާތިޢު ހައްޔަރުކޮށްފައިވަނީ ޖޫން 10 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މަޢުޞޫމް މުޙައްމަދު ދީދީ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ހޯދަމުންދާ ދެ މީހުން:

  1. އަޙްމަދު ރަބީޢު، 24، ގއ. މާމެންދޫ، ގްލޭނޫރަންމާގެ
  2. މުނާދު ޖަޢުފަރު، 20، ސ. ހުޅުދޫ، ނާދީ

"މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް ހައްޔަރުކުރި ހަތް މީހުން

  1. އަޙްމަދު ޝިމްހާޒު، 22، ތ. ތިމަރަފުށި، ސީނުގެ
  2. ލޫޠު އަޙްމަދު އާސިފް، 18، މ. ލޮނުމިދިލިގެ
  3. ޙަސަން ޒިޔާން އިބްރާހިމް، 18، ގދ. ވާދޫ، އުނިމާގެ
  4. އަޙްމަދު ނާޒިހު، 27، ގއ. ގެމަނަފުށި، ކެނެރީގެ
  5. 15 އަހަރުގެ ކުޑަކުއްޖެއް.
  6. މަޢުޞޫމް މުޙައްމަދުދީދީ، 27، ދަފްތަރު ނަންބަރު ރސ2260
  7. އަޙްމަދު ސާތިޢު، 21، ސ. މަރަދޫ، ކޮރަލް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *