...

Support Us

ރަން ކެވެލިކޮޅެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ރަން ކެވެލިކޮޅެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

ގަލޮޅު ޕޮލިސް ސްޓޭޝަން

  • މެއި 25 ވަނަ ދުވަހު ސްޓެލްކޯ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެެވޭ ޓޫލްސް ތަކެއް. އިންސިޑެންޓް ނަންބަރ 523060
  • މެއި 30 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެެވޭ ފްލައިވުޑް ދެ ފިލާ. އިންސިޑެންޓް ނަންބަރ 523582
  • ޖޫން 1 ވަނަ ދުވަހު ޖަނަވަރީ މަގު، ސޮނީ ހާޑްވެއާ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1000 ރުފިޔާ. އިންސިޑެންޓް ނަންބަރ 523782
  • ޖޫން 1 ވަނަ ވެލާނާގެ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ކެވެލި ފަށެއް. އިންސިޑެންޓް ނަންބަރ 523777
  • ޖޫން 2 ވަނަ ދުވަހު ހ. ސްވީޓްރޯސްގެ ކައިރިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަކަށް ނަގާފައިވާ ކަމަށް ބެލެވޭ ހޮޅި ބިޑިތަކެއް. އިންސިޑެންޓް ނަންބަރ 524098
  • ޖޫން 3 ވަނަ ދުވަހު ޓެކްސީ އަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގ ގެލެކްސީ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރ 524058
  • ޖޫން 6 ވަނަ ދުވަހު ޓެކްސީ އަކުން ފެނިގެން ފުލުހުންނާ ހަވާލުކޮށްފައިވާ މޮޓޮރޯލާ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 524253

"މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

  • މެއި 26 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 523243
  • ޖޫން 2 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 523868
  • ޖޫން 2 ވަނަ ދުވަހު ލޯކަލް މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސުޕަރޖެނެރަލް ބްރޭންޑުގެ ގޭސް އުނދުނަކާއި ފަންކާއެއްގެ ފިޔަތަކެއް. އިންސިޑެންޓް ނަންބަރ 523950
  • ޖޫން 7 ވަނަ ދުވަހު، މަޖީދީމަގު މާވެޔޮމަގު ގުޅޭ ހިސާބުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1500 ރުފިޔާ. އިންސިޑެންޓް ނަންބަރ 524406
  • ޖޫން 8 ވަނަ ދުވަހު، މަސްމާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަކިލާރި ކޮތަޅަކާއި ސިނގިރޭޓް ފޮށިތަކެއް. އިންސިޑެންޓް ނަންބަރ 524456

"މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަން

  • މެއި 31 ވަނަ ދުވަހު ހުޅުމާލެ 145 ނަމްބަރު ފްލެޓްގެ ސިޑިމަތިން ފެނިފައިވާ 200 ވޯޓުގެ މާކަރީ ލައިޓެއް. އިންސިޑެންޓް ނަންބަރ 523671

"މި ތަކެތީގެ ވެރިފަރާތުން، 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ."

ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.