Support Us

"ވައި-ޕިއަރ ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމު" ފަށްޓަވައިދެއްވައިފި

"ވައި-ޕިއަރ ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމު" ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމު ފަށްޓަވައިދެއްވައިފިއެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ފެށި މި ޕުރޮގުރާމަކީ ޒުވާނުން ބާރުވެރިކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ކިބައިގައި ހިންގުމުގެ ހުނަރުތައް އަށަގެންނެވުމަށް ހިންގޭ ޕުރޮގުރާމެކެވެ. ވައި-ޕިއަރ އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ 2،000 އަށްވުރެ ގިނަ ޖަމާޢަތާއި ސަރުކާރުގެ އިދާރާތަކުގެ ޖުމްލަ 3،300 ހަރަކާތްތެރި މެންބަރުން ހިމެނޭ ވިއުގައެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ޕުރޮގުރާމުން ބައިވެރިންނަށް ދަސްވާ ކަންތައްތަކުގެ ބޭނުން ހިފައިގެން މުޖުތަމަޢަށް އޭގެ ހެޔޮ ބަދަލުތައް ގެނެސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، މި ބައިވެރިންނަށް އެމީހުންގެ އެކުވެރި އެހެން ޒުވާނުން ކުށުގެ މާހައުލަށް ވަނުން ހުއްޓުވުމުގެ ގޮތުން މަގުދައްކައިދީ އެހީތެރިވުން ފަދަ މުހިންމު ދައުރުތައް އަދާކުރެވިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) ގުޅިގެން މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ވައި-ޕިއަރ ޤާއިމުކުރުމަށާއި ވައި-ޕިއަރގެ ސަރަހައްދީ މެންބަރަކަށް ހެދުމަށެވެ. މާލެ ސަރަޙައްދާއި އަދި ހަތަރު އަތޮޅެއްގެ 9 ރަށެއްގެ އުމުރުން 18 އަހަރާއި 30 އަހަރާ ދެމުގެ ޖުމްލަ 31 ޒުވާނުން މި ތަމްރީނު ޕުރޮގުރާމުގައި ބައިވެރިވެއެވެ. މި ޕުރޮގުރާމު ކުރިޔަށްގެންދަނީ 10 ދުވަހުގެ މުއްދަތަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *