ވަގުތީ ގޮތުން ހުޅުވިތާ ތިން މަސް ނުވާ ސަލްމާން ރަސްގެފާނުގެ މިސްކިތުގެ މުންނާރުތަކުން ބަންގި އާއި ނަމާދުކުރާ އަޑު ކަނޑާލައިފައި ހުންނަތާ ދުވަސްތަކެއް ވެގެން އެކަމުގެ ޝަކުވާ ބައެއް މީހުން ކުރަންފަށައިފިއެވެ.
ފަސް މުންނާރު ލާފައިވާ، ރާއްޖޭގެ އެންމެ ބޮޑު މިސްކިތް، މި އަހަރުގެ ރޯދަމަހާ ދިމާކޮށް، އެޕްރީލް ފުރަތަމަ ދުވަހު، ވަގުތީ ގޮތުން ހުޅުވިއިރު ވެސް މުންނާރުތަކުން އަޑު ހުރީ ކަނޑާލައިފައެވެ. ނަމަވެސް ފަހުން އަޑު ދިނެވެ. އެކަމަކު މިހާރު މުންނާރުތަކުން ބަންގީގެ އަޑާއި ނަމާދުކުރާ އަޑު ނީވޭތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ސަލްމާން މިސްކިތަށްދާ ބައެއް މީހުން ބުނާ ގޮތުގައި މުންނާރުތަކުން ބަންގި އާއި ނަމާދުކުރާ އަޑު ނީވެނީ ތާޅަފިލިތަކަށް އަޑު ނުދޭތީއެވެ.
"ޔަގީނުން ވެސް ދެމަސް ވާއިރަށް ހަލާކުވާނެ ފެންވަރުގެ ތާޅަފިލިތަކެއް ނޫން މިތާ ހުންނާނީކީއެއް. (ތާޅަފިލިތަކުން) ގަސްދުގައި އަޑު ކަނޑާލައިފައި ހުންނަނީ،" އެކަކު ޝަކުވާކުރިއެވެ. "ސަލްމާން މިސްކިތަކީ އެހާ މުހިންމު ތަނެއް ކަމަށް ނުބަލަނީހެން ހީވަނީ. ކުރީ ސަރުކާރުން ބިނާކުރި ތަނެއް ވީމަ."
ސަލްމާން މިސްކިތުގެ މުންނާރުތަކުން އަޑު ކަނޑާލައިފައި ހުރި ނަމަވެސް، އެތާ ކައިރީގައި ހުންނަ ނޫރު މިސްކިތުގެ އެންމެ މުންނާރަކުން ގޮވާ ބަންގީގެ އަޑާއި ނަމާދުކުރާ އަޑު ވަރަށް ދުރަށް އިވެއެވެ.
Maghrib bangi Noor miskithun govaa adu ivey iru Salman miskithuge munnaaru thakun bangeege adeh neevey. Kithamme dhuvaheh. pic.twitter.com/28BVv6uy8p
— fisaarithedhu (@fisaarithedhu) June 9, 2022
ސަލްމާން މިސްކިތުގެ މުންނާރުތަކުން ބަންގި އާއި ނަމާދުކުރާ އަޑު ކަނޑާލައިފައިވާ މައްސަލައިގައި މައުލޫމާތު ސާފުކޮށްލުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް "އަދިވެސް" އިން މިއަދު ދަންނަވާލި ނަމަވެސް އެ މަނިކުފާނުގެ ޖަވާބެއް މިހާތަނަކަށް ނުލިބެއެވެ.
3 Responses
ބަންގީގެ އަޑު ކަނޑާލުމަކީ ވަރަށް ނުބައިވެގެންވާ ކަމެއް. ޢަންގަވާފަ ވަނީ މީސްތަކުންނަށް އިއްވުމަށް
ނަމާދު ވަގުތު ވެއްޖެކަން . ނަމާދު ކުރާ އަޑު ކަނޑާލުމަކީ މައްސަލައެއް ނޫން
މޯދީގެ ރުހުން ނުލިބިގެން ކަމަށްވާނީ، ކިތަންމެ ނުރުހުނަސް މި ރާއްޖެއަކުން އިސްލާމްދީނުގެ މަތިވެރި ޝިޢާރު ފާޅުކުރުން ނުހުއްޓުވޭނެ.
ނޫރު މިސްކިތުގެ މުންނާރުތަކުން ބަންގި ގޮވާއަޑުވެސް މަޑުކޮށްފަ ހުންނަނީ. ޖާހިލުންނަކަށް ހަޖަމެއްނުވާނެ ބަންގީގެ އަޑު އިވިގެނެއް