Support Us

މާރާމާރީއަކާ ގުޅިގެން ހޯދާ ހަތަރު މީހަކު އަދިވެސް ނުފެނޭ: ޕޮލިސް

ޖަނަވަރީމަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި މެއި ދެ ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދާ މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ނުފެންނަ ކަމަށް ބުނެ، އެ މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ހޯދަމުންދާ ހަތަރު މީހުން:

  1. މަޢުޞޫމް މުޙައްމަދުދީދީ، 27، ދަފްތަރު ނަންބަރު ރސ2260
  2. އަޙްމަދު ރަބީޢު، 24، ގއ. މާމެންދޫ، ގްލޭނޫރަންމާގެ
  3. މުނާދު ޖަޢުފަރު، 20، ސ. ހުޅުދޫ، ނާދީ
  4. އަޙްމަދު ސާތިޢު، 21، ސ. މަރަދޫ، ކޮރަލް

"މި ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މި މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދުމަށް ފުލުހުން ކުރިން އިއުލާނުކުރިއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް ހައްޔަރުކުރި ފަސް މީހުން

  1. އަޙްމަދު ޝިމްހާޒު، 22، ތ. ތިމަރަފުށި، ސީނުގެ
  2. ލޫޠު އަޙްމަދު އާސިފް، 18، މ. ލޮނުމިދިލިގެ
  3. ޙަސަން ޒިޔާން އިބްރާހިމް، 18، ގދ. ވާދޫ، އުނިމާގެ
  4. އަޙްމަދު ނާޒިހު، 27، ގއ. ގެމަނަފުށި، ކެނެރީގެ
  5. 15 އަހަރުގެ ކުޑަކުއްޖެއް.

"މި މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުނވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *