Support Us

"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް" އިފުތިތާޙުކޮށްދެއްވައިފި

"ޖޮއިންޓް ޕޮޒިޓިވް ޕޭރެންޓިންގ ޕްރޮގުރާމް" އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އޮފީހާ ގުޅިގެން ބާއްވާ މި ޕްރޮގުރާމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރުގައި ކުރިއަށްދާ މި ޕްރޮގުރާމަކީ ކުދިން ހެދިބޮޑުވުމުގައި އެހީތެރިކަންދީ ކުދިންގެ ޤާބިލުކަން ހުރި އެންމެ މަތީ މިންވަރަކަށް، އެ ކުދިންގެ ޤާބިލުކަން އިތުރުކޮށްދިނުމަށް ބޭނުންވާ ބެލެނިވެރިކަމުގެ ރަނގަޅު ހުނަރުތައް ބެލެނިވެރިންނަށް ދަސްކޮށްދީ ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމެވެ.

މި ޕްރޮގުރާމަކީ 2021 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ސިޗުއޭޝަން އެނާލިސިސް އޮފް ޗިލްޑްރަން އެންޑް ޔޫތު" ގައި ފާހަގަކޮށްފައިވާ ފަދައިން ކުޑަކުދިންގެ ދިރިހުރުމާއި ތަރައްޤީއަށް ހުރި އެންމެބޮޑެތި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް އަމާޒުކޮށްފައިވާ ޕްރޮގްރާމެކެވެ. އަދި މިއީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާއި، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މައިންބަފައިންނާއި، ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް އިތުރަށް ކުރިމަތިލާންޖެހުނު ގޮންޖެހުންތަކަށްވެސް ހައްލުތައް ހޯދުމަށް އަމާޒު ހިފާފައިވާ ޕްރޮގުރާމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *