މި އަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ކޮވިޑަށްފަހު ހަރަމްފުޅު އަލުން ހުޅުވާލައި، މި އަހަރު ހައްޖަށް ދިއުމަށް ރާއްޖެއަށް ލިބިފައި ވަނީ 1،000 ކޯޓާއެވެ.