Support Us

މެޑަމް ފަޒުނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައެއް ކުދިންނަށް ދައްކާލައްވައިފި

މި އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައެއް ކުދިންނާ އެކު ވަގުތު ހޭދަކުރައްވައި، އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ކައިރިން ދައްކާލައްވައިފިއެވެ. އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ކައިރިން ދައްކަވާލެއްވުމުގެ އިތުރުން އެކަމަނާ ވަނީ ކުދިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފައެވެ. މި ޙަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައެވެ.

‎މި ޙަރަކާތަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްނެންގެވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކަށް ކުދިން އަހުލުވެރިވެ، އެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން ދެކޭގޮތް ހާމަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އަދި، ކުޑަކުދިންނަށް އެކުދިންނާ ގުޅުންހުރި ކަންކަމުގައި ރަޢުޔު ހާމަކުރުމުގެ ޙައްޤު ހޯދައިދިނުމަށާއި، އެކުދިންގެ ކަންބޮޑުވުންތަކުގައި ފަސްނުޖެހި ބަސްބުނުމަށް ބާރުއެޅުމުގެ ގޮތުން ހިންގުނު ޙަރަކާތެކެވެ.

ކުދިން ޝާމިލްވާ ކަންކަމުގައި އެކުދިންދެކޭގޮތް ބެއްލެވުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ޙަރަކާތުގައި ބައިވެރިވާ ހަ ކުދިންނާ އިއްޔެގެ ވަގުތެއްގައި ބައްދަލުކުރައްވައި އެ ކުދިން ބަލަން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައެވެ. އަދި، އެކުދިން އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ އެކުދިން ބައްދަލުކުރުމުގެ ފުރުޞަތު މިއަދު ފަހިކޮށްދެއްވާފައި ވެއެވެ.

‎ކޮންމެ އަހަރަކުވެސް ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *