ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެއަރޕޯޓްގެ ދޫނި ލެބުން ވައްކަންކުރި ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހިންގާ "ޕްލާންޓް އެންޑް އެނިމަލް ޔުނިޓް"ގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ، އޭޕްރީލް 27 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެތަނުގެ ދޫނި ލެބުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އެއަރޕޯޓް ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ތަނުގެ ތެރޭގައި، ތަންތަން ހުޅުވަމުން އެ ދެ މީހުން އުޅޭތަން ފެނެއެވެ.
އެ މީހުން ވަގަށް ނެގީ ކިތައް ދޫނި ކަމެއް ފުލުހުން ނުބުނެއެވެ.
"ވީމާ ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެއަރޕޯޓް ޕޮލިސްގެ ނަންބަރު 9968024 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment