ރާއްޖޭގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށް މިރޭ ހަނދު ނުފެންނާތީ މި އަހަރުގެ ފިތުރު ޢީދަކީ އަންނަ ހޯމަ ދުވަސް ކަމުގައި ރާއްޖެއިން ނިންމައިފިއެވެ.
ހަނދު ސާބިތުކުރާ މަޖިލިސްގެ ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ އިއްވެވި ބަޔާން ތިރީގައި މިވަނީއެވެ.
"ހިޖުރީ ސަނަތުން 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29، (މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30) ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސުނު އިރު، ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް، އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި، މިއދުގެ އިރު އޮއްސުމަށްފަހުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި ދުނިގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުވެފައިވާކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢުމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާގޮތުގެ މަތިން، މާދަމާ، މީލާދީ ސަނަތުން 2022 ވަނަ އަހަރުގެ މޭ މަހުގެ 1 ވާ އާދިއްތަ ދުވަހަކީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މޭ މަހުގެ 2 ވާ ހޯމަ ދުވަހަކީ 1443 ވަނަ އަހަރުގެ ފިތުރު އީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ."
ސައުދީ އަރަބިއްޔާ އިން ވެސް އިއުލާންކޮށްފައި ވަނީ އެ ގައުމަށް ވެސް މިރޭ ހަނދު ނުފެންނާތީ، ފިތުރު އީދަކީ ހޯމަ ދުވަސް ކަމުގައެވެ.
BREAKING NEWS | The Crescent for the month of Shawwal 1443 was NOT SEEN today, subsequently:
Monday, 2nd May 2022 will be the day of Eid Al Fitr
The momth of Ramadan 1443 will complete 30 days tomorrow pic.twitter.com/USnzEbFsCV
— Haramain Sharifain (@hsharifain) April 30, 2022



advertisment