Support Us

އަބޫބަކުރު ހަސަން، 76، މާބަގީޗާގެ، ބ. އޭދަފުށި

އުމްރާއަށް ގޮސް އުޅުނު އޭދަފުށީ މީހަކު ނިޔާވެއްޖެ

07:50

އުމްރާއަށް ގޮސް އުޅުނު ބ. އޭދަފުށީ މީހަކު މިއަދު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ އޭދަފުށީ މާބަގީޗާގޭ އަބޫބަކުރު ހަސަން، 76، އެވެ.

މައްކާއިން މައުލޫމާތު ލިބޭ ގޮތުގައި މުސާފިރީން އުމްރާ ގްރޫޕާއެކު އޭނާ އުމްރާއަށް ގޮސް އުޅުނީ އަންހެނުންނާއި ހުރިހައި ކުދިންނާއި އެކުދިންގެ އަނބިންނާއި ފިރިންނާއި ކާފަ ކުއްޖަކާވެސް އެކުއެވެ. އޭނާއާއެކު ޖުމްލަ 12 މީހުން އުމްރާއަށް ގޮސް އެބައުޅެއެވެ.

"އޭނާ ނިޔާވީ ހޮޓަލުގައި ތިރިއަށް ފައިބައި ހުރެ މެޔަށް ތަދެއްވެޔޭ ހާސްވަނީއޭ ބުނެފައި ކުއްލިއަކަށް. އޭނާގެ ކުދިން ވެސް ކައިރީގައި ތިބި. މި ކަމެއް ހިނގީ ފަތިސް ނަމާދުން އައި ވަގުތު. ބަލިވެ އުޅޭތީ އޭނާ ރޭ ހަރަމަކަށް ނުދޭ،" މައްކާގައި ހުރި މުސާފިރީން ގްރޫޕުގެ ވެރިޔަކު ވިދާޅުވިއެވެ. "އޭނާގެ އަންހެނުންނާއި އަށް ކުދިންނާއި އެ ކުދިންގެ އަނބިންނާއި ފިރިންނާއި ކާފަ ކުއްޖަކާވެސް އެކު އޭނާ އުމްރާ އަށް އައިސް އުޅެނީ."

އަބޫބަކުރަކީ ރަމަޟާން މަހުގެ ފަހު 10ގައި އުމްރާއަށް ދިޔަ ދިވެހިންގެ ތެރެއިން ނިޔާވި ފުރަތަމަ މީހާއެވެ.

ނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރާއިރު މީހުންތައް ވަށައިގެން…

މުސާފިރީން އުމްރާ ގްރޫޕާއެކު މިމަހު 17 ގައި އުމްރާ އަށް ދިޔަ 170 މީހުންގެ ތެރޭގައި އޭދަފުށީ ސާޅީހަކަށް މީހުން ދިޔައެވެ. އަދި އެހެން ގްރޫޕުތަކާއެކު ވެސް އަބޫބަކުރުގެ އާއިލާގެ މީހުން އުމްރާއަށް ގޮސް އެބަތިއްބެވެ.

"ރާވަމުންދާ ގޮތަށް ހުރިހައި ކަމެއް ދަންޏާ މިއަދު މަޣުރިބަށްފަހު ހަރަމްގައި ކަށުނަމާދު ކުރެވޭތޯ މި ބަލަނީ،" މުސާފިރީން ގްރޫޕުގެ އޮފިޝަލް ވިދާޅުވިއެވެ.

މުސާފިރީން ގްރޫޕުގެ އުމްރާވެރީން ތިބެނީ ހަރަމްފުޅުން ހިނގާލައިފައި 15 ވަރަކަށް މިނިޓުން ދެވޭ ހޮޓަލެއްގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *