ގެއެއްގެ ސިޑިމަތީގައި މަސްތުވާތަކެތި ބޭނުންކުރަން ތިބި ދެ ބަންގާޅީންގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.
މިއީ ކޮން ގެއަކު އަދި ކޮން އިރަކު ނަގައިފައިވާ ވީޑިއޯއެއް ކަމެއް ނޭނގެއެވެ. ބޮޑަށް ބެލެވެނީ ހިޔާ ފްލެޓެއްގެ ސިޑިމަތި ކަމަށެވެ.
ޖުމްލަ 45 ސިކުންތުގެ މި ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެ މީހުން ސިޑިމަތީގައި ހަމަޖެހިލައިގެން އިށީނދެ ތިބެ މަސްތުވާތަކެތި ބޭނުންކުރަމުން ދަނިކޮށް ވީޑިއޯ ކުރަމުން އެ ގޭ މީހަކު ފައިބައެވެ. އެ ދަނޑިވަޅު އެ މީހުން އުޅުނީ އެ އެއްޗެތި ބަހައްޓާށެވެ. ނަމަވެސް އުނގުމަތީގައި އެ ސާމާނު ބަހައްޓަން އެ މީހާ އަމުރުކުރެއެވެ. އެއާއެކު މާފުކުރުމަށް އެދި އެ މީހުން އާދޭސްކުރެއެވެ.
"ކަލޭމެން ކޮން ތާކު އުޅޭ ބަޔެއްތީ؟ ބަހައްޓާ ތި. އުނގުމަތީ ބަހައްޓާ! ނުދައްޗޭ! މިތާ އިށީނދޭ ކަލޭމެން. އިށީނދޭ! ބަހައްޓާ! އުހޫނ. ކަލޭ އުނގުމަތީގައި ބަހައްޓާ އެއްޗެހި! ވާހަކަ ނުދައްކާ އުނގުމަތީގައި ބަހައްޓާ! މަސްތުވާތަކެތި ބޭނުންކުރަނީ މިތާނގައި ތިބެގެން ކަލޭމެންދޯ؟ ރާއްޖޭގައި ތިބެގެން،" މި ވީޑިއޯގައި އެ މީހާ ބުނެއެވެ.

އޭނާގެ ސުވާލުތަކަށް، ވަރަށް އަނގަ ސަކަރާތްވެފައި ތިބި އެ ދެ ބަންގާޅީން އެއްވެސް ޖަވާބެއް ނުދެއެވެ.
މަސްތުވާތަކެތި ބޭނުންކުރަން ތިބި އެ ދެ ބަންގާޅީން ފުލުހުންނާ ހަވާލުކުރި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
Hithaamaige kolheh neh. Mihaaru gavaidhaa khilaafah raajje ais thibi Bangladesh meehun masthuvaa thakethi, geygey sidi matheegai ves baynun kuranee. pic.twitter.com/4mCXcwpqvp
— fisaarithedhu (@fisaarithedhu) April 25, 2022



advertisment
One Response
ދިވެހިންވެސް ބޮނީ ވީޑިއޯ ކުރި ފަރާތް އަނެއްކާ ކޮންކަހަލަ ފަރާތެއްބާ؟ ވީޑިއޯ ކުރި ފަރާތުގެ ހަގީގަތެއްވެސް ނޭނގޭނެ މިހާރަކު