Support Us

ހައްޖު އަދި އުމްރާ ދަތުރު ލިބުނު މުވައްޒަފުންނާއެކު މިނިސްޓަރު ޑރ. ޒާހިރު އަދި ސްޓެލްކޯގެ އެމް.ޑީ ޝަރީފު -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ ދެ މުވައްޒަފަކަށް ހައްޖު ދަތުރު އަދި ދެ މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެ

ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ގުރުއަތު ނަގައިގެން، ދެ މުވައްޒަފަކަށް ހައްޖު ދަތުރު އަދި ދެ މުވައްޒަފަކަށް އުމްރާ ދަތުރު ލިބިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ ކުންފުނީގެ 15 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށާއި އުމްރާގެ އަޅުކަމުގެ ފުރުސަތައް ކުރިމަތިލެވެނީ ފަސް އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.

ހައްޖު ދަތުރުގެ ފުރުސަތު ލިބުނު މުވައްޒަފުން:

  • މުހައްމަދު އަބޫބަކުރު، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓް
  • ނަޒްނާ އަހުމަދު، ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް

އުމްރާ ދަތުރުގެ ފުރުސަތު ލިބުނު މުވައްޒަފުން:

  • އަބުދުﷲ ޝަފީގު، ވިލިނގިލީ އިންޖީނުގޭ
  • ސަމީރާ ހުސައިން، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓް

ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ ސްޓެލްކޯގައި ރޭ ބޭއްވި ތަރާވީހެއްގައި، އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަހުމަދު ޒާހިރާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.

މި ތަރާވީހުގައި ޝަރީފު ދެއްކެވި ވާހަކަފުޅުގައި ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަން ފާހަގަ ކުރެއްވިއެވެ. އަދި ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި ޒިކުރުކުރުމަށާއި އަޅުކަން ކުރުމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވައި ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެ އިތުރުން މުވައްޒަފުންނަށް ކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި ކޮށްދެމުންގެންދާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންފުޅުވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭ ފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށާއި، އަދި ރައްޔިތުން އަޅުގަނޑުމެންގެ ހިދުމަތް ބަލައިގަންނަކަމުގެ އިހްސާސް ކުރެވުން އެއީ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

އުމްރާ ދަތުރުގެ ފުރުސަތު ލިބުނު ސަމީރާ ހުސައިން ބުނީ ކޮންމެ އަހަރަކުވެސް ކުރިމަތިލައިގެން މިފަހަރު އެ ފުރުސަތު ލިބުނީތީ ވަރަށް އުފާވާ ކަމަށާއި އެ ފުރުސަތު ލިބުނީތީ ހެއްދެވި ފަރާތަށާއި މެނޭޖްމަންޓަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ހައްޖު ދަތުރުގެ ފުރުސަތު ލިބުނު މުހައްމަދު އަބޫބަކުރު ބުނީ ލިބިގެން ދިޔައީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *