މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރިތާ 26 ދުވަސް ފަހުން، އެ މީހާ ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ އުމުރުން 53 އަހަރުގެ ޙަސަން ރުޝްދުﷲ، ގ. ޑްރީމްހައުސް، "ވީނުވީއެއް ނޭނގި ގެއްލިގެން" އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
"ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
"ވީމާ ޙަސަން ރުޝްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހުޅުމާލެ ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ."



advertisment