ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރު ރަނގަޅުކުރުމަށް ރައީސް އޮފީހުން ލައްކައިން ލައްކައިން ފައިސާ ބައްސަވާ ނޫސްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒަށް އޮޅިވަޑައިގެންފައިވާ ކަމަށް ބެލެވެން ފަށައިފިއެވެ.
މަބްރޫކުގެ އެދިވަޑައިގަތުމަކަށް ރައީސް އޮފީހުގެ މުއައްޒަފަކު އަދިވެސް އޮންލައިންގެ ޗީފް އެޑިޓަރު އަދި ސީއީއޯއަށް މިއަދު މެސެޖްކުރައްވައި، އަދިވެސް ނޫހުގެ އެޑިޓަރުންނާއި ސީނިއަރ ޖާނަލިސްޓުންގެ ނަންތައް ވަރަށް އަވަހަށް ފޮނުއްވައިދެއްވުމަށް އެންގެވިއެވެ. ނުރަސްމީ މަޞްދަރުތަކުން ޚަބަރު ލިބޭ ގޮތުގައި އެ ލިސްޓަކީ ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ތަރާވީސް ދަމަކަށް ދަޢުވަތުދެއްވާން ވެގެން ހޯއްދަވާ ލިސްޓެކެވެ.
އެކި ނޫސްތަކާއި ޓީވީތަކަށް ރައީސް އޮފީހުން ލައްކައިން ލައްކައިން ފައިސާ ބެއްސެވި ކަމުގައި ވިޔަސް މިހާތަނަށް މާލީ އެއްވެސް އެހީއެއް އަދިވެސް އޮންލައިނަކަށް ލިބިފައެއްނެތެވެ. އެހެންކަމުން އަދިވެސް އޮންލައިންގެ މެނޭޖްމަންޓަށް ގަބޫލުކުރެވުނީ އަދިވެސް އޮންލައިންގެ ސީނިއަރ އެޑިޓަރުންނާއި ސީނިއަރ ލިޔުންތެރީންގެ ނަންތައް ހޯއްދަވާން މަބްރޫކު މިއަދު އުޅުއްވީ އެހީދެއްވާ ނޫސްތައް ގިނަކަމުން އެ ނޫސްތައް އޮޅިވަޑައިގެން ކަމަށެވެ. އެހެންކަމުން އެ މެސެޖްގެ ޖަވާބުގައި "އަދިވެސް އޮންލައިނަކީ ރައީސް އޮފީހުން ފައިސާ ބައްސަވާ ނޫސްތަކުގެ ލިސްޓުގައި ހިމެނޭ ނޫހެއް ނޫންކަން މަބްރޫކަށް އޮޅިވަޑައިގަތީތޯ" ދަންނަވައިފައިވެއެވެ.
ރައީސް އޮފީހަކީ ވަރަށް ގިނަ ފަހަރު އޮޅިގެން ޓްވީޓް އަދި ރީޓްވީޓް ކުރެވިފައިވާ ތަނެކެވެ.
"އަދިވެސް އޮންލައިނަކީ ރައީސް އޮފީހުން ފައިސާ ބައްސަވާ ނޫސްތަކުގެ ލިސްޓުގައި ހިމެނޭ ނޫހެއް ނޫންކަން މަބްރޫކަށް އޮޅިވަޑައިގަތީތޯ؟
މަބްރޫކު ހޯއްދެވުން އެންމެ ރަނގަޅުވާނީ ރައީސް އޮފީހުން ފައިސާ ބައްސަވާ ލިސްޓުގައި ހިމެނޭ ނޫސްތަކުގެ ސީނިއަރ އެޑިޓަރުންނާއި ސީނިއަރ ޖާނަލިސްޓުންގެ ނަންތައް ކަމަށް ފެންނަ ވާހަކަ މަބްރޫކަށް ދަންނަވާލުން އެދެން.. ރައީސް އޮފީހުން ބައްސަވާ ފައިސާ ނުދެއްވިޔަސް، އަދި ރައީސް އޮފީހުން ބާއްވަވާ ރޯދަވީއްލުން، ތަރާވީސް، ބިލެތްމީރުކޮށްލެއްވުން ފަދަ ހަފުލާތަކަށް ދައުވަތު ނުދެއްވިޔަސް، ރައީސް އޮފީހުގެ ޚަބަރުތައް އަދިވެސް އޮންލައިން އަށް ވެވުނު ވަރަކުން ކަވަރު ކުރަމުންދާނެ ވާހަކަ ވެސް މަބްރޫކަށް ދަންނަވާލުން އެދެން،" ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލަށް އަދިވެސް އޮންލައިންގެ އެޑިޓަރު ފޮނުއްވި ޖަވާބުގައިވެއެވެ.
އެ މެސެޖް މަބްރޫކަށް ރައްދުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.



advertisment
3 Responses
ސާބަހޭ ޝަހީބު، ތިޔައީ ފިރިހެން ދަރިއެއް. ފިހެނެއްގެ ފިރިހެން ދަރިއެއް. ތިޔަ ކުރައްވާ ޤައުމީ މަސައްކަތަށް ސާބަސް ދަންނަވަން. ސަރުކާރުން ހިންގާ ޖަރީމާތައް އޮއްބާން ނޫސްތައް ގަންނާން ޖަހާ މަޅީގައި ޖެހިވަޑައިނުަންނަވާތި. ރާއްޖެއަށް ޣައްދާރުވާ މީހުންގެ ލިސްޓްގައި އަދިވެސްގެ އެކަކު ވެސް ނިހިމެނޭތި! މާތް ﷲ ބަރަކާތް ލައްވާށި!
ސާބަަހޭ އަދިވެސް ތިގޮތުގަ ދެމިހުންނާތި!
ހައްހާ! ލޮލް…..
ޝަހީބަށް އައްސަރިބަހުން ސާބަސް