...

Support Us

އީ.އެން.ޕީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު) މީގެ 23 އަހަރު ކުރިން، 1999 ގައި ހުޅުވި ފިހާރައެއް

އެޑްވަޓޯރިއަލް: ހުރިހާ ވައްތަރެއްގެ ފޯނުތަކާއެކު "އީ.އެން.ޕީ"ގައި ހާއްސަ ސޭލެއް

ހުރިހާ ވައްތަރެއްގެ ފޯނެއްގެ މުޅިން އާ ސްޓޮކަކާއެކު "އީ.އެން.ޕީ"ގައި ހާއްސަ ސޭލެއް ކުރިއަށް އެބަގެންދެއެވެ.

"ސެންޓާއި ގަޑީގެ ސުވަރުގޭ"ގެ ގޮތުގައި ވިދާލައިފައިވާ "އީ.އެން.ޕީ" ފިހާރައިގައި ގާއިމްކުރި މޯބައިލް ފޯނު ރެކުތަކުގައި އައި ފޯނުން ފެށިގެން މާލޭގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ ފޯނާއި ސްމާޓް ވޮޗު މިހާރު ވަނީ އަތުރާލައިފައެވެ. އަގުތައް ވެސް ހުރީ، އެންމެ އެކަށީގެންވާ ވަރަށް، އަތްފޯރާ ފަށެއްގައެވެ.

އީ.އެން.ޕީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު) މީގެ 23 އަހަރު ކުރިން، 1999 ގައި، ޗާންދަނީމަގުގައި ހުޅުވި ފިހާރައެކެވެ.

"އެންމެ އަގުހެޔޮ ފޯނުން ފެށިގެން އެންމެ އަގު ބޮޑު އައިފޯނަށް ދާންދެން ހުރިހައި ވައްތަރެއް މިތަނުން ލިބޭނެ. އަދި ސްމާޓް ވޮޗާއި ސަން ގްލާސް އާއި ސެންޓާއި އެހެނިހެން ސާމާނުވެސް ރީޒަނަބަލް އަގެއްގައި މި ތަނުން ލިބޭނެ،" މަނިކު ސޭޓު ބުންޏެވެ.

ސެންޓުގެ އިތުރުން ގަޑިއާއި އަވިއައިނާއި ފޯނުވެސް އީ.އެން.ޕީގައި ވަރަށް އަގުހެޔޮކޮށްފައިވާ ކަމަށް މަނިކުސޭޓު ބުނެއެވެ.

"މޯބައިލް ފޯނުގެ ވިޔަފާރިތެރެއަށް އީ.އެން.ޕީ މިހާރު މި ވަނީ. ނޯމަލް ރޭންޖުގެ ފޯނު އެންމެ އަގުހެޔޮކޮށް ހުންނާނީ މި ތަނުގައި. މިތާ ހުންނާނީ ހުސް އޮރިޖިނަލް އެއްޗެތި. އޮރިޖިނަލް ނޫން އެއްޗެއް މިތަނަކަށް ނުވައްދާނެ. އިމްޕޮސިބަލް ކަމެއް އެއީ،" މަނިކުސޭޓު ބުންޏެވެ. "އަނެއްކާ އީ.އެން.ޕީ އުފެދުނީއްސުރެ މި ތަނަކީ ސަންގްލާސް އަށް އެންމެ ވަރުގަދަތަން. ހުރިހާ ވައްތަރެއްގެ ސަން ގްލާސް މިތަނުން ލިބޭނެ."

މަނިކު ސޭޓު ބުނީ އީ.އެން.ޕީގެ 23 އަހަރުގެ ވިޔަފާރީގައި، ވިއްކި އެއްވެސް އަތުކުރީ ގަޑިއަކަށް ފެން އެޅިގެން އަތުވެއްޖެ ނަމަ، އެ ގަޑި ބާއްވައިފައި ވަގުތުން އާގަޑިއެއް ދޭ ކަމަށެވެ. ކަސްޓަމަރު ހިތްމަރުވާ ކަހަލަ ކަމެއް ދުވަހަކުވެސް ދުވަހަކުވެސް ނުކުރާ ކަމަށެވެ.

"މިތާ ހުންނާނީ މުޅިން ވެސް އޮރިޖިނަލް އަތުކުރީ ގަޑި. ފެން ނުވަންނާނެ އެ ގަޑިއަކަށް. ފެން ވަދެގެން އަތުވެއްޖެއްޔާ އެ ގަޑިއެއް މަރާމާތުކުރުމުގެ ބަދަލުގައި އެހެން ގަޑިއެއް މި ދެނީ. އީ.އެން.ޕީއަށް މިވީ 23 އަހަރުގައި އެ ގޮތަށް މި ގެންދަނީ. ދެންވެސް އޮންނާނީ އެ ގޮތް،" މަނިކު ސޭޓު ބުންޏެވެ.

މަނިކު ސޭޓު ފާހަގަކުރި ގޮތުގައި ރާއްޖޭގައި އެންމެ އަގުހެޔޮކޮށް އޮރިޖިނަލް، ބްރޭންޑެޑް ޕާފިއުމް ލިބޭނީ އީ.އެން.ޕީންނެވެ.

އީ.އެން.ޕީއަކީ ޓޫރިސްޓުންނަށް ޚާއްސަ ފިހާރައެއް ކަމަކު، ދިވެހިންނަށް ވެސް އަގުހެޔޮކޮށް ހުރިހައި އެއްޗެއް ލިބޭނެ ކަމަށް މަނިކުސޭޓު ބުންޏެވެ.