Support Us

އަނިޔާ ދިނުމާއި ބިރުދެއްކުމުގެ މައްސަލައިގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅައިފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަން އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ، ސ. ހިތަދޫ، އައްޒާ، މުބާރިކް މުޙައްމަދު، 31، އެވެ.

"މުބާރިކް މުޙައްމަދު ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އަނިޔާއެއް ދިނުމާއި ބިރުދެއްކުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 އޭޕްރީލް 5 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ." ފުލުހުންގެ ވެބްސައިޓުގައިވާ ބަޔާނުގައިވެއެވެ.

"ވީމާ، މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް