ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރިޗް 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެލާނާ އިންޓަނޭޝަލަން އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޢަލީ، 32، އާއި މޮއިމިނާ ޤުލްފާމް، 20، ކަމަށެވެ.
މަސްތުވާތަކެތި ފެނިފައިވަނީ، އެމީހުން ގެންގުޅުނު ދަބަހުންނާއި އެމީހުންގެ ހަށިގަނޑު ތެރެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



advertisment