ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި ރަމަޟާން މަހަށް ހާއްސަކޮށް ބިނާކުރި ވަގުތީ މިސްކިތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު މިރޭ މަޣްރިބު ނަމާދަށް ހުޅުވައިދެއްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބިނާކުރި "މަސްޖިދު އުސްމާން ބިން ޢައްފާން" މިއީ ހިޔާ ފްލެޓްތަކުގެ މީހުންނަށް ހާއްސަކޮށްގެން ބިނާކުރި ވަގުތީ ދެ ވަނަ މިސްކިތެވެ.
"މަސްޖިދު އުސްމާން ބިން ޢައްފާން"ގައި އެއްފަހަރާ 400 މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "މަސްޖިދު އަމީލް ޖަލީލް"ގެ ނަމުގައި މީގެ ކުރިން ވަނީ ވަރަށް ޒަމާނީ މިސްކިތެއް ހުޅުވައިފައެވެ. ނަމަވެސް އެ މިސްކިތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅެން ފަށައިފައިވާ 7000 ހިޔާ ފްލެޓް ހުންނަ ސަރަހައްދާ ދުރުގައި، ދެ ވަނަ ފިޔަވައްސަށް އަރާ ހިސާބުގައެވެ.



advertisment