ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މާލޭގެ ދެ ގެއަކާއި އަމިއްލަ އޮފީހެއް ބަލައި ފާސްކުރުމަށްފަހު ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަންބަރު ރސ 3840، އަޙްމަދު ޙުސައިން، 39، އާއި މ. ނޫރުއް، ޢަބްދުﷲ ނަޝީދު، 46، އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޢަބްދުﷲ ނަޝީދުގެ ބަންދަށް 15 ދުވަސް އަދި އަޙްމަދު ޙުސައިންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment