ދިވެހި ސަރުކާރާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރާ ދެމެދު ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާ ފަދަ މުހިންމު އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފިއެވެ.
މިއަދު ދިވެހި ސަރުކާރާއި، ޔޫ.އޭ.އީ ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމަކީ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެކެވެ.
ވަރލްޑް ގަވަރމަންޓް ސަމިޓް 2022ގެ ހަވާސާގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމެވެ. ޔޫ.އޭ.އީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް މުޙައްމަދު އަލް ގެރާވީ އެވެ.



advertisment