Support Us

ތަޢުލީމާ ބެހޭ ބައިނަލްއަޤްވާމީ ދުވަސް: މިސްރާބު ބަދަލުކޮށް އުނގަންނައިދިނުމަށް ބަދަލު ގެނައުން

ފަރްދުންނާއި މުޖްތަމަޢަށް ބަލާއިރު ޟަރޫރަތަކަށް ވާތީ، އެހެނީ ތަޢުލީމަކީ ޢާއްމު މަޞްލާހަތެކެވެ. އެއީ ޢާއްމު މަސްއޫލިއްޔަތެއް ވެސް މެއެވެ. އިންސާނާގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ޙައްޤަކީ އުނގެނުމެވެ. ތަޢުލީމާއި ސައެންސާއި ސަޤާފަތާބެހޭ އދގެ ޖަމްޢިއްޔާ (ޔުނެސްކޯ)އިން 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހު ތަޢުލީމާ ބެހޭ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރުމަށް މި ޖަމާޢާތުގެ ހުރިހާ މެންބަރު ޤައުމުތަކުގެ އިއްތިފާޤުން ނިންމީ މިހެންވެގެންނެވެ. ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ތަޢުލީމުގެ ދުވަހުގެ ގޮތުގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަތާ މިއީ ހަތަރު ވަނަ ފަހަރެވެ.

ދެމެހެއްޓެނިވި ބާރުގަދަ މުޖްތަމަޢެއް ބިނާކުރެވޭނީ ތަޢުލީމުވެރި ފަރްދުންގެ މުލައްދަނޑީންނެވެ. ޤާބިލު ވަރުގަދަ މުޖްތައަކަށް މެނުވީ ފަރްދުންނަށް އުނގެނުމަށް ބޭނުންވާ ވެށްޓެއް ތަނަވަސްކޮށެއް ނުދެވޭނެއެވެ.

ތަޢުލީމާ ބެހޭ ދުވަހެއް ކޮންމެ އަހަރަކު ފާހަގަ ކުރަނީ މުޖްތަމަޢުތައް ބިނާކުރުމުގައްޔާއި ތަރައްޤީ ކުރުމުގައި ތަޢުލީމު އަދާކުރާ ދައުރުގެ މުހިއްމުކަން ކަށަވަރުކޮށް ދިނުމަށް ޓަކައެވެ. މީގެއިތުރަށް ތަޢުލީމަކީ ދުނިޔޭގައި ޞުލްޙަމަސަލަސްކަން ފަތުރައި ދެމެހެއްޓުމަށް ގޮވައިލާ މުހިއްމު ބަހާއެކެވެ. ދެހެއްޓެނިވި ތަރައްޤީގެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރޭގައި 2030 ކުރިން ދުނިޔޭގެ އެންމެންނަށް ރަނގަޅު ޝާމިލު ހަމަހަމަ ތަޢުލީމެއް ލިބުމުގެ ފުރްޞަތު ތަނަވަސްކޮށް ދިނުން ވެއެވެ.

ޔުނެސްކޯއިން އެންމެ ފަހުން ނެރުނު ރިޕޯޓު ބުނާގޮތުގައި ކުރިމަގުގައި ތަޢުލީމު ދިނުމަށް ޓަކައި އަޅުގަނޑުމެން އިންސާނުންގެ އެއްބަޔަކު އަނެއް ބަޔަކާ ދެމެދުގައިވާ ގުޅުމަށާއި އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ މާޙައުލާ ދެމެދުގައި ވާ ގުޅުން ތަވާޒުނު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ. މީގެ އިތުރަށް އަޅުގަނޑުމެންގެ ޙަޔާތުގެ ތެރެއަށް މޫ ބާލަމުންދާ ފަންނިއްޔާތާއެކުގައި ވެސް ތިލަފަތް ހަމަކުރަން ވަނީ ޖެހިފައެވެ. މި އަހަރު މި ދުވަސް ފާހަގަކުރުމުގެ ތެރޭގައި އެންމެ ބޮޑަށް ބަޙުސް ކުރެވޭނީ އެންމެންނަށް ލިބެން ޖެހޭ ތަޢުލީމު ލިބުމުގެ އަސާސީ ޙައްޤު އެންމެންނަށް ފޯރުކޮށްދިނުމާ ބެހޭގޮތުންނެވެ. މިއީ ޢާންމު މަންފާއަކަށް ވާތީ ތަޢުލީމު ދިނުމުގެ މަސައްކަތް ހަރުދަނާކުރުމާ ބެހޭގޮތުން ބަޙުސް ކުރެވޭނެއެވެ. އެންމެން އެކުގައި ޙިއްޞާކޮށްގެން އުޅެންޖެހިފައިވާ "ގެ" ރައްކައުތެރިކުރުމަށާއި ޖަމާޢީ ފާގަތިކަމަށްޓަކައި ކޮންމެ ފަރްދަކުވެސް އަދާކުރަން ޖެހޭ ދައުރު އަދާކުރެވޭވަރުގެ ފަރްދަކަށް ކޮންމެ އިންސާނަކު ހަދަން ޖެހޭ ކަމަށް މިފަހަރުގެ ޝިޢާރު ބުނެއެވެ.

ކޮވިޑްގެ ސަބަބުން މަދަރުސާތަކާއި ތަޢުލީމީ އެންމެހާ މުއައްސަސާތައް ބަންދު ކުރާން ޖެހުމުގެ ސަބަބުން ތަޢުލީމު ދިނުމުގެ މަސައްކަތަށް ނުބައި އަސަރުތައް ފޯރާފައިވެއެވެ. ދުނިޔޭގެ އެތައްއެތައް ޤައުމުތަކެއްގައި ލިޔަންކިޔަން ދަސްކޮށް ދިނުމަށް ހިންގަމުން އައި އެތައް ޕްރޮގްރާމުތަކެއް ހުއްޓައިލަން ޖެހުނެވެ. އެހެންކަމުން މިއަދުގެ ޙާލަތު ގޮވައިލަނީ ކޮވިޑަށް ފަހު އެންމެން އެކަތިގަނޑަކަށްވެ އެއްބާރުލައިގެން ތަޢުލީމު ދނުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުމަށެވެ.

ޔުނެސްކޯއިން މި އަހަރުގެ ޝިޢާރަކަށް ތަޢުލީމު އޭގެ ޠަބީޢީ މިސްރާބަށް ބަދަލުކުރުމަށް ޓކައި މަސައްކަތް ކުރުން ހެދީ މިހެންވެގެންނެވެ. ކޮވިޑްގެ ސަބަބުން ތަޢުލީމުދިނުމާ ބެހޭ މުއައްސަސާތަކުގެ ބައެއް މަސައްކަތްތައް ހުއްޓައިލަން މަޖްބޫރުވެފައިވާތީއެވެ. އަނެއްބައި ޙަރަކާތްތައް  ގަޑުކުރަން ޖެހިފައިވާތީއެވެ. މި ކަންކަން ކުރެވޭނީ ތަޢުލީމާ ބެހޭ ޙަރަކާތްތަކުގެ މިޞްރާބު ކުރީގެ މިސްރާބަށް އަނބުރާލައިގެންނެވެ. ތަޢުލީމީ އިންޖީނަށް އަލުން ތެޔޮ އަޅައި ވަރުގަދައަށް ދުއްވަން ފަށައިގެންނެވެ.

ޔުނެސްކޯ ބުނާގޮތުގައި ދުނިޔޭގައި މަދަރުސާއަށް ދިޔުމުން މަޙްރޫމުވެފައިވާ 258 މިލިއަން ކުޑަކުދީންނާއި ޒުވާނުން އެބަ ތިއްބެވެ. ދުނިޔޭގައި ލިޔަންކިޔަން ނުދަންނަ 617 މިލިއަން މީހުން އެބަ އުޅެއެވެ. އެފްރިކާގެ ބޮޑު ޞަޙަރާގެ ދެކުނު ސަރަޙައްދުގައި ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބި 40 ޕަސަންޓް ކުދީން އެބަ ތިއްބެވެ.މަދަރުސާއަށް ދިޔުމުން މަޙްރޫމުވެފައިވާ ހަތަރު މިލިއަން ކުޑަކުދީން އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިސްލާމް ފޮތް އުވާލައި، ޤުރުއާން މާއްދާ ކިޔަވައިނުދޭގޮތަށް ނިންމައި، އިންޑިޔާގެ ސަގާފަތާއި ޔަހޫދީންގެ ޙަޟާރަތު ކުދިންނަށް ދަސްކޮށްދިނުމަށް ގެނެވޭ ބަދަލެއްތީ. ރާއްޖޭގެ ޝަރުޢީނިޒާމު އިޞްލާޙްކުރަމުންދާގޮތަށް ޔަހޫދީލޯ ނުވަތަ ކޮމަންލޯގެ އުޞޫލުތައް ބައްޓަންކޮށް އިސްލާމީ ޝަރީޢާގައި ޙައްޤުތައް ނުލިބޭކަމަށް ދައްކައި މުޅި ނިޒާމު ގަޑުބަޑުކޮށްލަން ޔަހޫދީން ފަންޑުކޮށްގެން ހިންގާ ބިޔަ ޕްރޮޖެކްޓެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *