Support Us

ގަސްތުގައި ނެޓް ކަނޑައިލުމުން 2021 ގައި ދުނިޔޭގެ އިޤްތިޞާދަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވޭ: ރިޕޯޓް

ބައެއް ސަރުކާރުތަކުން ގަސްތުގައި ނެޓް ކަނޑައިލުމުގެ ސަބަބުންނާއި މީސްމީޑިއާގެ އޮޅިތައް ބަންދު ކުރުމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުން 2021 ވަނަ އަހަރު ލިބިފައިވާ ކަމަށް ހާމަކޮށްފިއެވެ.

ސަލާމަތާއި ސުމޭކީ ޙައްޤުތަކާ ބެހޭ ޖަމާޢަތެއް ކަމުގައިވާ Top10VPN ގެ ރިޕޯޓު ބުނާގޮތުގައި ގަސްތުގައި ސަރުކާރުތަކުން މި ކުރާ ކަންތައްތަކުގެ ސަބަބުން ހުރަސްއެޅެނީ ހަމައެކަނި ރައްޔިތުންގެ ސުމޭކީ ޙައްޤުތަކަކަށް ނޫނެވެ. މީގެ އިތުރަށް އިޤްތިޞާދަށް ވެސް ވަރަށް ބޮޑެތި ބުރަތަކެއް އުފުއްލަން ޖެހެއެވެ.

މި ރިޕޯޓު ބުނާގޮތުގައި 21 ޤައުމެއްގެ ސަރުކާރުން ގަސްތުގައި ޖުމްލަ 30 ހާސް ގަޑިއިރުގެ ދިގު މުއްދަތަކަށް 2021 ގައި ނެޓްގެ ޚިދްމަތް ކަނޑައިލައިފައި ވެއެވެ.

މި ރިޕޯޓު ފާހަގަކޮށްފައިވާ ގޮތުގައި އިންޓަނެޓްގެ ޚިދްމަތް އެންމެ ބޮޑަށް ކަނޑައިލައިފައިވާ ޤައުމަކީ މިޔަންމާރެވެ. އެކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް 2.8 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ވެއެވެ. މިޔަންމާރުގެ ސިފައިން އެ ޤައުމުގެ ވެރިކަމަށް ދެވަނަ ފަހަރަށް އިސްވެފައި ވަނީ 2021ގެ ފެބްރުވަރީގައެވެ.

ދެވަނައަށް އައިސްފައި ވަނީ ނައިޖީރިޔާއެވެ. އެ ޤައުމުގައި މި ދިޔަ ޖޫން މަހު ވަނީ ޓްވިޓަރ ޚިދްމަތް ކަނޑައިލައިފައެވެ. މިކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައި ވެއެވެ. އެއީ 2020 އާ އަޅައިބަލާއިރު 36 އިންސައްތަ އިތުރު ގެއްލުމެއް ކަމަށް މި ރިޕޯޓު ބުނެފައި ވެއެވެ.

Top10VPN ގެ މި ރިޕޯޓު ބުނާގޮތުގައި 2021ގައި މި ސަރުކާރުތަކުން ނެޓްގެ ޚިދްމަތް ގަސްތުގައި ކަނޑައިލުމުގެ ސަބަބުން 486 މިލިއަން މީހަކަށް އޭގެ ނުބައި އަސަރު ފޯރިއެވެ. 2020ގައި ނެޓް ނުލިބުމުގެ ސަބަބުން ނުބައި އަސަރު ފޯރާފައިވަނީ 268 މިލިއަން މީހަކަށެވެ. މިއީ 81 އިންސައްތަ ބޮޑު ޢަދަދެކެވެ. މި ރިޕޯޓު ތައްޔާރު ކުރި ޓީމުގެ ބޭފުޅެއް ކަމުގައިވާ ސެމްއިލް ވުޑްހާމިޒް ވިދާޅުވާގޮތުގައި މި ޒަމާނުގައި މީސްމީޑިއާއަކީ ކުންފުނިތަކަށް ވަރަށް ޙަޔަވީ ވަސީލަތެކެވެ. އެހެންކަމުން ނެޓްގެ ޚިދްމަތް ކެނޑުމުން މި ކުންފުނިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ތަޙައްމުލު ކުރަން ޖެހިގެން ދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *