Support Us

އޭޝިޔާ ޕެސިފިކްގެ ވިޔަފާރީގެ އެއްބަސްވުމުގައި އެމެރިކާގެ އެކުވެރީންނާއެކު ޗައިނާ ބައިވެރިވެއްޖެ

އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ވިޔަފާރީގެ އެއްބަސްވުމުގައި އެމެރިކާގެ އެކުވެރީންނާއެކު ޗައިނާ ބައިވެރިވެއްޖެއެވެ. ޖަޕާނާއި އޮސްޓްރޭލިޔާއިން ޗައިނާއާއެކު މި އެއްބަސްވުމުގައި ބައިވެރިވީ މި އަހަރުގެ އެއްވަނަ ދުވަހުއެވެ.

ސަރަޙައްދީ މި އެއްބަސްވުމުގެ ސަބަބުން އެ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ކަސްޓަމް ޓެކްސްގެ 90 އިންސައްތަ މާފު ކުރެވޭނެއެވެ. ވޯލް ސްޓްރީޓް ޖަރނަލް ބުނާގޮތުގައި މި ކަމުގެ ސަބަބުން އެ ސަރަޙައްދުގެ ވިޔަފާރިއަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެންދާނެއެވެ. ބައެއް މުޙައްލިލުން ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ވިޔަފާރީގެ ޙަރަކާތް ހިންގުމާބެހޭ ގަވައިދުތައް އެކުލަވައިލުމުގައި ޗައިނާއަށް ބާރުތަކެއް ލިބިގެންދާނެއެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ނުފޫޒަށް ހަވާސަރުތަކެއް ފޯރާނެއެވެ.

ވޮޝިންގްޓަން އަނެއް ފަރާތް

އެމެރިކާގެ ވިޔަފާރިއާ ބެހޭ ކުރީގެ މަސްއޫލުވެރިއެއް ކަމުގައިވާ ވިންޑީ ކެޓްލަރ (މިހާރު އޭޝިޔާ މުޖްތަމަޢުގެ ސިޔާސަތާ ބެހޭ މަރްކަޒުގެ ރައީސް) ނޫސްތަކަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "މި ޖަމާޢަތުން މިހާރު މަސައްކަތް ކުރަމުން ދަނީ އައު ގަވައިދުތަކަކާއި އައު މިއުޔާރުތަކެއް އެކުލަވައިލުމަށެވެ." އެހެނަސް އެމެރިކާ އޮތީ މިކަމާ ދެކޮޅު ހަދާ ފަރާތުގައި އެކަހެރިވެފައެވެ.

އޭޝިޔާ ޕެސިފިކް ވިޔަފާރި ޖަމާޢަތް އުފެއްދުނީ މި ސަރަޙައްދުގެ ވިޔާފާރިއާ ދުރަށް ޗައިނާ ލައި އެމެރިކާގެ ނުފޫޒު ވަރުގަދަ ކުރުމަށް ޓަކައެވެ.ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2017ގައި އެމެރިކާ ވަނީ މި ޖަމާޢަތުން ވަކިވެފައެވެ. އޭނާ މި ޖަމާޢަތުން އެމެރިކާ ބޭރަށް ނެރުއްވީ މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ މަސައްކަތްތެރީންނަށް ގެއްލުން ލިބެމުންދާ ކަމަށް ބަހަނާ ދައްކަވަމުންނެވެ. ރައީސް ބައިޑްން ވިދާޅުވާ ގޮތުގައި އޭނާ ވެސް މި ޖަމާޢަތަށް އެމެރިކާ އަނބުރާ ވައްދަވަން މަސައްކަތެއް ނުކުރައްވާނެއެވެ.

އޭޝިޔާގެ ވިޔަފާރިއާ ބެހޭ ތަޖްރިބާކާރެއް ކަމުގައިވާ ހެންރީ ޖާއޮ ވިދާޅުވާގޮތުގައި ސަރަޙައްދީ އިޤްތިޞާދީ ޝާމިލު މި އެއްބަސްވުމަކީ އެމެރިކާއަށް އަލުން ވިސްނުމަށް ގޮވައިލައިގޮވައިލުމެކެވެ.

ސިންގަޕޫރު ޔުނިވަރސިޓީގެ މި އުސްތާޒު ވިދާޅުވާ ގޮތުގައި މި އެއްބަސްވުމުގައި ޗައިނާ ބައިވެރިވުމުގެ ސަބަބުން ޗައިނާ– ޖަޕާނު ވިޔަފާރިއާއި ޗައިނާ– ދެކުނު ކޮރެއާ ވިޔަފާރީގައި ޗައިނާއަށް ވަރަށް ބޮޑު ޙިއްޞާއެއް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އޭޝިޔާ ޕެސިފިކް ވިޔަފާރި މުޢާހަދާ އަކީ 2012ގައި ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކާއި ޗައިނާއާއި އޭޝިޔާގެ ޤައުމުތަކާއެކު ވިޔަފާރި ބަދަހި ކުރުމަށް ޓަކައި އުފެއްދުނު ޖަމާޢަތެކެވެ.އެމެރިކާ ބުނާގޮތުގައި މި "އެއްބަސްވުމަކީ ވަރަށް ބަލިކަށި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ތިމާވެށްޓާ ބެހޭ މިއުޔާރުތަކެއް ނެތެވެ."

އެމެރިކާގެ ރައީސް ބައިޑްން 2020ގައި ވިދާޅުވި ގޮތުގައި "ޗައިނާއާއި އެހެނިހެން ޤައުމުތަކުން ޝަރްޠުތައް ކަނޑައެޅުމުގެ ބަދަލުގައި މަގުޗާޓެއް ކަނޑައަޅަން ބޭނުން ވެއެވެ."

މި އެއްބަސްވުމުގައި ބައިވެރިވާ އިތުރު ޤައުމުތަކަކީ ބުރޫނައި އާއި ކެމްޕޫޗިޔާއާއި އިންޑޮނީޝިޔާއާއި ލާއޮސްއާއި މެލޭޒިޔާއާއި މުޔަންމާރާއި ނިވްޒީލެންޑާއި ސިންޕޫރާއި ދެކުނު ކޮރެއާއާއި ތައިލެންޑާއި ވިއެޓްނާމެވެ.

ދުނިޔޭގެ އެންމެ ބޮޑު ބައިވެރިވުން

މިހާތަނަށް އައިއިރު މި މުޢާހަދާގައި ސޮއިކޮށްފައި ވަނީ އެންމެ 10 ޤައުމަކުންނެވެ. ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ޤައުމުތަކަކުން މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާނެއެވެ. މި ޖަމާޢަތުގެ އާބާދީއަށް ބަލާއިރު އެއީ ދުނިޔޭގެ 30 އިންސައްތަ އެވެ. މި ޤައުމުތަކުގެ އުފެއްދުންތެރިކަމަކީ ވެސް ދުނިޔޭގެ ތިން ބައި ކުޅަ އެއްބައެވެ. މިއީ އެމެރިކާއާއި ކެނެޑާއާއި މެކްސިކޯ އާއި ޔޫރަޕްގެ ކަސްޓަމް އިއްތިޙާދުގެ ބައިވެރީންނަށް ވުރެ ބޮޑު ބައިވެރިވުމެކެވެ. މި ޖަމާޢަތުގެ އަމާޒަކީ ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި އެ ޤައުމުތަކުގެ މެދުގައި ބަދަލު ކުރެވޭ ވިޔާފާރީގެ ކަސްޓަމް ޓެކްސް މުޅުން ނައްތައިލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް