...

Support Us

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގައި ބަލި މީހަކަށް މުޙައްމަދު އަޙުމަދު ފަރުވާދެނީ. ފޮޓޯ: ސީ.ޓީ.އެމް

އެޑްވަޓޯރިއަލް: ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް އަންނަ ޖަނަވަރީ މަހު ރ. އަތޮޅުގައި

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިން އިން އިންތިޒާމްކުރާ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއް އަންނަ ޖަނަވަރީ މަހު ރ. އަތޮޅުގައި ކުރިއަށް ގެންދަން ހަމަޖައްސައިފިއެވެ.

ޖަނަވަރީ 1-15 އަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕު ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަނަވަރީ ފުރަތަމަ ހަފުތާގައި، މީދޫގައެވެ. އަދި ދެވަނަ ހަފުތާގައި، ދުވާފަރުގައެވެ.

މި ކޭމްޕުގައި އިސްކޮށް ފަރުވާދެއްވާނީ ދިވެހި ބޭސްވެރިކަމުގެ ތަޖުރިބާކާރު އަދި ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގެ ސީނިއަރ ޓްރެޑިޝަނަލް އެންޑް ކޮންޕްލިމެންޓަރީ މެޑިކަލް ޕްރެކްޓިޝަނަރ މުޙައްމަދު އަޙުމަދެވެ.

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގައި ބަލި މީހަކަށް މުޙައްމަދު އަޙުމަދު ފަރުވާދެނީ. ފޮޓޯ: ސީ.ޓީ.އެމް

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގެ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕުތައް މީގެ ކުރިން ވެސް ވަނީ އެކި އަތޮޅުތަކުގައި ބާއްވައިފައެވެ. އެންމެ ފަހުން މި ކޭމްޕު ބާއްވައިފައި ވަނީ ހދ. އަތޮޅުގައެވެ.

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގައި ބަލި މީހަކަށް މުޙައްމަދު އަޙުމަދު ފަރުވާދެނީ. ފޮޓޯ: ސީ.ޓީ.އެމް

"އަޅުގަނޑުމެންގެ މެޑިކަލް ކޭމްޕުތަކަށް އަތޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ. މި ފަހަރުވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އެ އަތޮޅުގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މި ފަހަރު ރ. އަތޮޅަށް މި ދަނީ،" މުޙައްމަދު އަޙުމަދު ވިދާޅުވިއެވެ. "މިއީ ރަށުގައި ތިއްބަވައިގެން ގިނަ ބަލިތަކަކަށް ދިވެހި ބޭހުގެ ފަރުވާ ހޯއްދެވުމަށް ރަނުގެ ފުރުސަތެއް."

ސެންޓަރ ފޮރ ޓްރެޑިޝަނަލް މެޑިސިންގެ ދިވެހި ބޭހުގެ މެޑިކަލް ކޭމްޕެއްގެ ބައިވެރިން… ފޮޓޯ: ސީ.ޓީ.އެމް

ދިވެހި ބޭހުގެ މެޑިކަލް ކޭމްޕުގައި ދޭ ފަރުވާތައް:

  • ރާއްޖެބަލީގެ ތަފާތު އުނދަގޫތަކަށް
  • އަކުނިވަޔަށް ދެމުން، ނާރުތަކުގައި ގޮށްލުން، އައްސިވުމަށް
  • ތުރުތުރު އެޅުމާއި ވާގިނެތުމަށް
  • ޖެހިތަދުވެ ހާނިއްކަވުމާއި ކަށިގަނޑުގައި ރެނދުލުމަށް
  • ތަންތަނަށް ތަދު އެރުމާއި ނާރުއެރުމަށް
  • ބަނޑުގައި އުފެދޭ ވަޔަށް
  • ދުވަސްވީ ހޮޑުލުމާއި މޭނުބައިކުރުމަށް
  • މެއިން ދިލަނެގުމާއި އެތެރެހަށީން ހޫނުއެރުމަށް
  • މައިދާއާއި ގޮހޮރުގެ ފާރުހިއްކުމަށް
  • ބަނޑުހިކުމާއި ފުރަގަސްފަރާތުގެ ބަލިތަކަށް
  • އަރިދަފުސް ރޯގާއަށާއި ކެއްސުމަށް
  • ނޭވާހިއްލުމަށާއި ނޭވާލާން ދަތިވުމަށް
  • ބޯ އެނބުރުމާއި ބޮލުގައި ރިހުމަށް
  • ބޮލުން ހަންފޮޅުމާއި އިސްތަށިފޭބުމަށް
  • ކުޑަކަމުދިއުމާ ބެހޭ ބައިގައި އުފެދޭ ޖަރާސީމުތަކަށް
  • ކުޑަގިފިލި ދަތިވުމަށާއި ކުޑަކަމުދާ ހޮޅި ސާފުކުރުމަށް
  • ގައިކެހުމާއި ފިތްނެގުމަށް
  • ދަދުފަދަ ތަފާތު ހަމުގެ ބަލިތަކަށް
  • ޗިކަންގުންޔާއަށް