Support Us

އިންޑިޔާ ފައުންޑޭޝަނާއި އައި.އެން.އެސް.އެސްގެ ވެރިންނާ ނައިބު ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އިންޑިއަން ފައުންޑޭޝަންގެ ގަވަރނިންގ ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައި.އެން.އެސް.އެސް)ގެ ޑިރެކްޓަރ ޖެނެރަލް ޕްރޮފެސަރ ރޯހަން ގުނަރަތްނަ އާ ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަބޫދާބީގައި ވަކިވަކިން ބޭއްވެވި ދެ ބައްދަލުކުރެއްވުމުގައެވެ.

ޔޫ.އޭ.އީގައި ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ދެބޭފުޅުންނާއެކު ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުއެޅުން ފަދަ ތަފާތު އެކި މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ގިނަ ޤައުމުތައް ޝާމިލުވާ ބައިނަލްއަޤްވާމީ އެކި މައްސަލަތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް