Support Us

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް ބީ.އޭ ނަސީމް އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ހ. ޕޫނަމް، އައްޝައިޚް އާދަމް ނަސީމް (ބީ.އޭ ނަސީމު) ރޭ ފަތިހު އަވަހާރަވެއްޖެއެވެ.

ނަސީމު އަވަހާރަވީ މުސްކުޅި ބަލީގެ އާލާސްކަންފުޅުގައި ދުވަސްތަކަކު އުޅުއްވުމަށްފަހު އައި.ޖީ.އެމް.އެޗްގައެވެ.

އުމުރުފުޅުން 80 އަހަރުގައި ނަސީމު އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތަރު ބޭފުޅުން (ދެ ދަރިކަނބަލުން) އެބަތިއްބެވިއެވެ.

ޝައިޚު ނަސީމުގެ ނަމުގެ ކުރިއަށް "ބީ.އޭ" ކިޔަންފެށީ "ބެޗަލަރ އޮފް އާޓްސް" ސަނަދު އެންމެ ފުރަތަމަ ނެންގެވި ދެ ދިވެހީންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަތުމުންނެވެ. ނަސީމު އެންމެ ފުރަތަމަ ބީ.އޭ ނެންގެވީ އިންޑިއާއިންނެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން މަޖީދިއްޔާގައި އިނގިރޭސި ބަސް ކިޔަވައިދެއްވަން އުޅުއްވާފައި ފަހުން ސައޫދީ އަރަބިޔާގެ މަދީނާގެ އިސްލާމިކް ޔުނިވާސިޓީއަށް ވަޑައިގެން ދެވަނަ ފަހަރަށް "ބެޗަލަރ އޮފް އާޓްސް" ސަނަދު ނެންގެވިއެވެ. ބީއޭ ނަސީމަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން އެންމެ ފުރަތަމަ ދަސްވެނިވި ދިވެހި ދަރިވަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނެވި އުސްތާޒެކެވެ.

ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައި، ރޭޑިއޯ އާއި ޓީވީން ދަރުސްތައް ދެއްވައި، ގިނަ ފޮތްތަކެއް ވެސް ލިއުއްވި ނަސީމު ފަހުން ވަނީ ސިޔާސީ ޕޯޑިއަމްތަކުންނާއި މުޒާހަރާތަކުގައި ވެސް އަޑު އުފުއްލަވައިފައިވެއެވެ. މިގޮތުން އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރެއްވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެން 2010 ގައި ވަނީ ޢަދާލަތު ޕާޓީއާ ގުޅިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *