Support Us

ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުގެ އާ މޮޑެލެއް ބާޒާރަށް ނެރެނީ

ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާ މޮޑެލެއް ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ސްޓެވޯ ބްރޭންޑްގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދައިނިމި، މިހާރު ވަނީ ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރު ކުރެވިފައި ކަމަށެވެ. މިއާއެކު މިހާރު މިވަނީ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ސްޓެލްކޯ ވޯކްޝޮޕުން އެސެމްބަލް ކުރަން ފަށައިފައެވެ. އެއީ STW600، STW500، STW300 އަދި STW800އެވެ.

"މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮންމެ ޖަނަރޭޓަރު ސެޓަކަށްވެސް، ލޯކަލް ވޮރަންޓީއާއި އާފްޓަރސޭލްސް ސާވިސްގެ އިތުރުން ކަސްޓަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތްވެސް ސްޓެވޯއިން ފޯރުކޮށްދޭނެ" ކަމަށް ސްޓެލްކޯ އިން ބުނެއެވެ.