...

Support Us

އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ޓޯނީ އެބޮޓް (ވ)

ޓައިވާނާ ބެހޭގޮތުން އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ދެއްކެވީ މޮޔަ ވާހަކަތަކެއް: ޗައިނާ 

އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ޓައިވާނަށް ކުރެއްވި ދަތުރުފުޅުގައި ބޭޖިންގް-ޓައިޕޭ ގުޅުމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށް އޮސްޓްރޭލިޔާގައި ހުންނަ ޗައިނާ އެންބެސީން ބަޔާނެއް ނެރެފިއެވެ. ޗައިނާ އެންބެސީގެ ބަޔާން ސިފަކުރިގޮތުގައި އެބޮޓްގެ ބަޔާނަކީ "މޮޔަ ބަޔާނެ"ކެވެ. މި ބަޔާން ސިފަކުރިގޮތަކީ އެބޮޓަކީ "ހަމްދަރްދީއަށް ބޭނުންވާ ސިޔާސީ ބޭފުޅެ"ކެވެ.

އެބޮޓް ޓައިވާނަށް ޒިޔާރަތް ކުރެއްވީ އަމިއްލަފުޅު ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އޭނާ ޓައިވާނުގެ ރައީސާ ޓްސާއި އިންގް ވޭން އާ ބައްދަލު ކުރައްވާ ސަލާމަތާ ބެހޭ މަންސައެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަންސައިގައި ވާހަކަފުޅު ދައްކަވަމުން އެބޮޓް ވިދާޅުވިއެވެ. "ޗައިނާގެ އިޤްތިޞާދީ ދުވެލި ދަށަށް ދިޔުމާއި ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކާހެދި ޗައިނާއިން ޓައިވާނަށް ކުއްލި ޙަމަލާއެއް ދީފާނެއެވެ." އޭނާގެ ވާހަކަފުޅުގައި ޗައިނާއިން ޓައިވާނަށް ފިއްތާ ފިއްތުންތައް ކުށްވެރި ކުރެއްވިއެވެ.

ކެންބަރާގައި ހުންނަ ޗައިނާ އެންބެސީން ނެރުނު ބަޔާނުގައި "ރުޅިވެރިކަމާއި ނުރުހުން" ވަރަށް ބޮޑަށް ފާޅުކޮށްފައި ވެއެވެ. ޗައިނާ އެންބެސީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ކުރު ބަޔާނުގައި އައިސްފައި ވެއެވެ. ޓޯނީ އެބޮޓަކީ ފޭލްވެފައިވާ ސިޔާސީއެކެވެ. އޭނާއަށް ހަމްދަރްދީވާނެ މީހަކު ބޭނުންވެއެވެ. ޓައިވާނުގައި އޭނާ ދެއްވި ބަޔާންތަކުން އޭނާގެ ނަން އިތުރަށް ކިލަބުވެ މުޑުދާރުވެގެން ހިނގައްޖެއެވެ. އޭނާގެ ސިޔާސީ ލެބުންތަކަކީ މީހުން ބަލައިގަންނާނެ ޚިޔާލުތަކެއްނޫނެވެ."

ޗައިނާއިން ޓައިވާނުގެ ވައިގެ ސަރަޙައްދުތެރެއަށް ވަނުން

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރު ދުވަހަކު ޗައިނާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޓައިވާނުގެ ވައިގެ ސަރަޙައްދުތެރެއަށް ވަދެފައިވާ ކަމަށް ޓައިވާނުން ބުނެއެވެ. އެބޮޓް ދަތުރުފުޅު ކުރައްވާފައި މި ވަނީ މި ކަމުގެ ސަބަބުން މަސްރަޙު ވަރަށް ހޫނުވެފައިވަނިކޮށްނެވެ. ޓައިވާން ބުނާގޮތުގައި މިފަދަ ގޮތަކަށް ޗައިނާއިން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް މީގެ ކުރިން ވަދެފައެއް ނުވެއެވެ.

އަނެއްކޮޅުން ބަލާއިރު މި ދުވަސްކޮޅަކީ އެމެރިކާގެ މަނަވަރުތައް ދެކުނު ޗައިނާކަނޑަށް ވަދެ ޗައިނާއަށް ގޮންޖަހަމުންދާ ދުވަސްވަރެކެވެ. ޗައިނާ ބުނާގޮތުގައި އަރާރުން ހިނގަމުންދާ ކަނޑުގެ ސަރަޙައްދުތެރެއަށް ބޭރުގެ އެއްވެސް ބާރެއް ވަދެގެން ނުވާނެއެވެ.

ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި އެމެރިކާއިން ދަނީ މި ނުތަނަވަސް މާޙައުލު އިތުރަށް ނުތަނަވަސް ކުރަމުންނެވެ. އެމެރިކާއިން  ޓައިވާނަށް ހަތިޔާރު ވިއްކުމާއި  ޓައިވާން ކަނޑުއޮޅިއަށް އެމެރިކާގެ މަނަވަރުތައް ފޮނުވައިގެންނެވެ. ޗައިނާ ސިފަކުރާގޮތުގައި "މިއީ ޖެއްސުންކުރުމުގެ ޢަމަލުތަކެކެވެ. މި ކަމުގެ ސަބަބުން ޗައިނާ އެމެރިކާ ގުޅުންތަކަށް ގެއްލުން ފޯރާނެއެވެ."

އެމެރިކާ ބުނާގޮތުގައި އެ ޤައުމުން ޓައިވާނަށް ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޢަމަލު ކުރާނެއެވެ. މިކަމުގެ ސަބަބުން ޓައިވާން ކަނޑުއޮޅީގައި އަމާންކަމާއި ޞުލްވެރިކަން ހަރުދަނާ ވާނެއެވެ.

ޓައިވާނުގެ ސިޔާދަތު ދިފާޢު ކުރާނަން

ޓައިވާނުގެ ރައީސާ އިންގް ވޭން އިއްޔެ ދެއްވި ޚިޠާބުގައި ވިދާޅުވިގޮތުގައި ޓައިވާނާ މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ މީގެކުރިން ކުރިމަތިނުވާ ފަދަ ތައުގީދީ އަދި ނުރައްކާތެރި ގޮންޖެހުންތަކެކެވެ. އޭނާ ޚިޠާބު ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ޓައިވާނުގެ ސިޔާދަތާއި ދީމުޤްރާޠީ ނިޒާމު ދިފާޢު ކުރެއްވުމަށް ޓަކައި އޭނާ ސާބިތުކަން މަތީގައި ދެމިހުންނަވާނެއެވެ. އޭނާ މި ޚިޠާބު ދެއްވީ ޓައިވާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައެވެ. އޭނާ ވިދާޅުވިއެވެ. "ޓައިވާނުން ކަތި ފިޔަވަޅެއް ނާޅާނެއެވެ." އެހެނަސް ޓައިވާނުގެ ސިޔާދަތާ ބެހޭ ކަމެއްގައި އޭނާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.