...

Support Us

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ސ.ހުޅުދޫ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު: 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ސ. ހުޅުދޫ، ރެޑިއަމް، ޙުސައިން ޢަފީފް (47 އަހަރު)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A036230

ހާޒިރުކުރެވޭ ހައިސިއްޔަތު: މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ 13:00 އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *