Support Us

އަފްޣާންގެ އައު ސަރުކާރާމެދު އެމެރިކާ ހިތްހަމައެއްނުޖެހޭ

ގެ އައު ސަރުކާރުގެ މުހިއްމު މަޤާމުތަކަށް އިސްކޮށްފައިވާ ބައެއް ބޭފުޅުންގެ ރެކޯޑުތަކަށާއި ނިސްބަތްވާ ނިސްބަތްވުމަށް ބަލާއިރު އެމެރިކާގެ ކަންބޮޑުވުންތަކެއް ހުރިކަމަށް" އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ރޭ ހާމަކުރައްވައިފިއެވެ.

ރޮއިޓަރޒް ބުނާގޮތުގައި އެމެރިކާގެ ޚާރިޖިއްޔާއިން ރޭ ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ޠާލިބާނުން އަފްޣާނިސްތާނުގެ ބިން އެއްވެސް ދައުލަތަކަށް ބިރެއްކަމުގައި ހަދައިގެން ނުވާނެއެވެ. އަދި އަފްޣާން ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ހުރަސްއަޅައިގެން ނުވާނެއެވެ."

މިއީ އަފްޣާނިސްތާނުގައި މުއްލާ މުޙައްމަދު ޙުސައިނުގެ ބެއްލެވުމުގެ ދަށުން ސަރުކާރެއް އެކުލަވައިލުމާ ވިދިގެން އެމެރިކާއިން ނެރުނު ފުރަތަމަ ބަޔާނެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު އެމެރިކާގެ "މިނިވަން" ޗެނެލަށް ދެއްވި ބަޔާން ބުނާގޮތުގައި "އެމެރިކާއިން ދަނީ އަފްޣާން ސަރުކާރު ބަލައި އަގު ކުރަމުންނެވެ. އަހުރެމެންނަށް ފާހަގަކުރެވޭ ގޮތުގައި ސަރުކާރުގައި ތިއްބެވީ ޠާލިބާނުންގެ ނުވަތަ ޠާލިބާނުންނާ ގުޅުން ބޮޑު ބޭފުޅުންތަކެކެވެ. މި ސަރުކާރުގައި އެއްވެސް އަންހެން ބޭފުޅަކު ނެތެވެ."

ޠާލިބާނުން ބުނާގޮތުގައި މިއީ "ސަރުކާރުގެ މަސައްކަތްތައް ވަގުތީގޮތުން ހިންގުމަށް އެކުލަވައިލެވުނު ވަގުތީ ސަރުކާރެކެވެ."

އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވިއެވެ. "އަހުރެމެން ބަލާނީ ބުނާ ބަހަކަށް ނޫނެވެ. އެމީހުންގެ ޢަމަލުތަކަށެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "އަފްޣާން ރައްޔިތުންނަށް މިއަށްވުރެ ފުޅައު ޝާމިލު ސަރުކާރެއް ބޭނުން ވެއެވެ."

އެމެރިކާގެ ތަރްޖަމާނު ވިދާޅުވިއެވެ. "ޠާލިބާނުން އަހުރެމެންނަށް ދީފައިވާ ކަށަވެތިކަމާ އެއްގޮތަށް ޢަމަލު ކުރުމަށް ގޮވައިލަމެވެ. ބޭރު މީހުންނަށާއި އަފްޣާން މީހުންގެ ތެރެއިން ބޭރަށް ދިޔުމަށް ބޭނުންވާ ލިޔުން ލިބިފައިވާ އެންމެންނަށް ބޭރަށް ދެވޭނެ މަގު ޠާލިބާނުން ތަނަވަސްކޮށް ދޭންވާނެއެވެ. އަދި އެއްބަސްވެފައިވާ ގޮތަށް ވައިގެ ދަތުރުތައް ކުރެވޭނެ މަގު ވެސް ފަހިކޮށްދޭން ވާނެއެވެ."

ސަރުކާރުގައި ތިއްބެވީ ޠާލިބާނުންގެ އިސްވާރުން

ޠާލިބާނުން ސަރުކާރުގެ މަސައްކަތްތައް ހިންގުމަށް ޓަކައި ވަގުތީ ސަރުކާރެއް އެކުލަވައިލީ އިއްޔެއެވެ. ވަގުތީ ގޮތުން މި ސަރުކާރު ހިންގަވާނީ މުއްލާ މުޙައްމަދު ޙުސައިނެވެ. އޭނާއަށް އެހީވެ ދެއްވުމަށް ޓަކައި ދެ ނައިބުން އިސްކުރެވިފައި ވެއެވެ. އެއީ މުއްލާ އަބްދުލްޣަނީ ބަރާދަރާއި ޢަބްދުއްސަލާމު ޙަނަފީއެވެ. ޚާރިޖިއްޔާގެ މަސައްކަތްތައް ހިންގެވުމަށް ޢައްޔަން ކުރެވިފައި ވަނީ އަމީރު ޚާން މުއްތަޤީއެވެ. މާލިއްޔާ ހިންގުން ޙަވާލު ކުރެވިފައި ވަނީ ހިދާޔަތުﷲ ބަދްރީއާއެވެ. ދާޚިލިއްޔާ ހިންގުން ޙަވާލު ކުރެވުނީ ސިރާޖުއްދީނު ޙައްޤާނީއާއެވެ. ދިފާޢީ ވުޒާރާ ބެލެހެއްޓުން ޙަވާލު ކުރެވުނީ މުޙައްމަދު ޔަޢުޤޫބު މުޖާހިދާއެވެ. ޖަސްޓިސް މިނިސްޓްރީ ޙަވާލު ކުރެވުނީ ޢަބްދުލް ޙަކީމު ޝައްތާއާއެވެ. ޖާސޫސީ އިދާރާގެ ވެރިކަން ދެވިފައި ވަނީ ޢަބްދުލް ޙައްޤު ވާޘިޤަށެވެ.

ޝަރީޢަތުގައި ހިފަހައްޓަން ވާނެ

އަނެއްކޮޅުން ބަލާއިރު ޠާލިބާނުންގެ ޒަޢީމު މުއްލާ ހިބަތުﷲ އާޚޫންދު ޒާދާ އިސްލާމީ ޝަރީޢަތުގައި ޠާލިބާނުން ހިފަހައްޓާނެ ކަމަށް އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ. އޭނާ އަފްޣާނިސްތާނުގެ އައު ސަރުކާރަށް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤައުމު ހިންގުމަށް ގޮވައިލެއްވިއެވެ. މުއްލާ ހިބަތުﷲގެ ބަޔާނުގައި އައިސްފައި ވެއެވެ. "ހުރިހާ ރައްޔިތުންނަށް ޔަޤީންކަން މި އަރުވަނީ އަޅުގަނޑުމެން އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓާނެ ކަމަށެވެ." އޭނާ ވިދާޅުވިގޮތުގައި އައު ސަރުކާރުން މަސައްކަތް ކުރާނީ ދާއިމީ ޞުލްޙައަށާއި ފާގަތިކަމަށާއި ތަރައްޤީއަށް ޓަކައެވެ. އޭނާ އަފްޣާނުންނަށް ޤައުމު ދޫކޮށް ބޭރަށް ނުދިޔުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އިސްލާމީ އިމާރާތާ އެއްވެސް މީހަކާ ދެމެދުގައި އެއްވެސް ނޭއްގާނިކަމެއް ނެތެވެ." ޠާލިބާނުންގެ ޒަޢީމު މި ފަދަ ބަޔާންތައް އަބަދުވެސް ދެއްވަނީ އޯޑިއޯކޮށްނެވެ. ޠާލިބާނުންގެ ތަރްޖަމާނު ޛަބީޙުﷲ މުޖާހިދު ހާމަކުރެއްވި ގޮތުގައި ޒަޢީމު ހުންނެވީ ކަންދަހާރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް