ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި 33 ހާސް ކުޑަކުދީން މަރާލައިފައި ނުވަތަ ބުރުސޫރަ ހުތުރުކޮށްލައިފައިވާ ކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.
"ކުޑަކުދީން ސަލާމަތް ކުރޭ" ޖަމްޢިއްޔާ އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގައި ކޮންމެ ފަސް ގަޑިއަކުން ފަސް ގަޑިއަކުން ކުޑަ ކުއްޖަކު މަރާލައިފައި ނުވަތަ ގެއްލުން ދީފައިވެއެވެ.
ލަންޑަނުގައި މައިމަރްކަޒު ހުންނަ މި ޖަމްޢިއްޔާއިން މި ރިޕޯޓް ނެރުނު ވަގުތަކީ އަފްޣާނިސްތާނުގައި 20 އަހަރު އޮތުމަށްފަހު އެމެރިކާ އެ ޤައުމުން ފޭބި ވަގުތެވެ. މި ކަމުގައި ހިމެނެނީ ކޮން ކަހަލަ މާނަތަކެއް ކަމެއް ނޭނގެއެވެ.
ރިޕޯޓަރުން ބުނާގޮތުގައި މި ޢަދަދުން އަފްޣާން ހަނގުރާމައިގެ ސަބަބުން ކުޑަކުދީންނަށް ވަރަށް ބޮޑެތި މުޞީބާތްތަކެއް ތަޙައްމުލު ކުރަން ޖެހިފައިވާ ކަން އެނގިއްޖެއެވެ.
ހައިހޫނުކަމާއި އަތްމަތި ދަތިކަމާއި ބަލިމަޑުކަން
މި ޖަމްޢިއްޔާ ބުނާގޮތުގައި ހައިހޫނުކަމާއި ފަޤީރުކަމާއި ބަލިމަޑުކަމުގެ ސަބަބުން ވޭތުވެދިޔަ 20 އަހަރުގެތެރޭގައި މަރުވި އެންމެހާ ކުޑަކުދީން މި ޢަދަދުގައި ފުރިހަމައަށް ޝާމިލެއް ނުވެއެވެ. މި ޖަމްޢިއްޔާއިން އަފްޣާނިސްތާނުގެ ކުޑަކުދީން ސަލާމަތްކުރުމަށް ތެދުވުމަށާއި އެކުދީންނަށް އެހީވުމަށް މި ޖަމްޢިއްޔާއިން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލިއެވެ.
އެމެރިކާ ސިފައިން ފޭބުމާ ވިދިގެން ޠާލިބާނުން މިހާރު ވަނީ ކާބުލްގެ ޙާމިދު ކަރަޒައި ވައިގެ ބަނދަރު އެމީހުންގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައެވެ.
ބިރުވެރި ޢަދަދުތަކެއް
އަނެއްކޮޅުން ކުޑަކުދީންނާ ބެހޭ އދގެ ފަންޑު (ޔުނިސެފް) ބުނާގޮތުގައި އަފްޣާނިސްތާނުގެ ތަފާތު ސަރަޙައްދުތަކުގައި ދިރިތިބުމަށް ޓަކައި އަވަސް އެހީއަށް ބޭނުންވާ 10 މިލިއަން ކުޑަކުދީން އެބަ ތިއްބެވެ. މި ޖަމްޢިއްޔާއިން ހާމަކުރިގޮތުގައި އޭގެތެރެއިން އެއް މިލިއަން ކުދިން ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުންނާއި ކާޑުބަލީގެ ސަބަބުން މި އަހަރު މަރުވާނެއެވެ.
ބައިނަލްއަޤްވާމީ މި ޖަމްޢިއްޔާ ބުނާގޮތުގައި އަސާސީ ޚިދްމަތްތަކަށް ބޭނުންވާ އެތައްއެތައް މިލިއަން ކުދީންނެއް އެބަ ތިއްބެވެ. ޕޯލިއޯއާއި ކަރުފޮޅާއި، ޓެޓިނަސްއާއި، ހިމަބިހި ފަދަ ބަލިތަކަށް ވަނީ ވެކްސިން ނުދެވިފައެވެ. ކެއުންބުއިމާއި ބޯހިޔާވަހިކަމާއި ސާފު ފެނާއި ނަރުދަމާގެ ޚިދްމަތް ނުލިބިފައި ތިބި އެތައްއެތައް މިލިއަން ކުދީންނެއް އެބަ ތިއްބެވެ.
މަދްރުސާއަށް ނުދެވި 4.2 މިލިއަން ކުދީން އެބަތިބި ކަމަށާއި އޭގެތެރޭގައި 2.2 މިލިއަން އަންހެންކުދިން ތިބި ކަމަށް ވެސް މި ޖަމްޢިއްޔާއިން ބުންޏެވެ.
އދގެ ރެކޯޑްތައް ބުނާގޮތުގައި ކުޑަކުދީންގެ ޙައްޤުތަކާ ޚިލާފު ދެ ހާސް މަސްއަލަ ހިނގައިފައި ވެއެވެ. އަދި އަފްޣާނިސްތާނު އެތެރޭގައި 432 ހާސް ކުޑަކުދީން ގެދޮރުން ބޭރުކޮށްލައިފައިވެއެވެ.



advertisment