...

Support Us

އެޑްވަޓޯރިއަލް: އެޗް.ޑީ.ސީން ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ސީސީޓީވީ ނެޓުވޯކެއް ޤާއިމްކުރަނީ

ރައްކާތެރި މާހައުލެއް އޮތް މުޖުތަމައުއެއްގައި ދިރިއުޅުމަކީ ކޮންމެ ފަރުދެއްގެވެސް ވަރަށް ބޮޑު ހުވަފެނެކެވެ. ރައްކާތެރިކަމުގެ އިހުސާސްކުރެވިގެން ދިރިއުޅެވޭ އަދި އަބަދުމެ ފުލުހުން ފޯރިމަރަން ނުޖެހޭހާ ރައްކާތެރި ސިޓީއެއްގައި ދިރިއުޅެން ބޭނުންވެއެވެ. ހަގީގަތުގައި ކަމާ ބެހޭ ފަރާތްތަކަށް އިންސާނީ ވަސީލަތްތަކުގެ ދަތިކަމަށްވުރެ ބޮޑަށް ކުރިމަތިވަނީ ޓެކްނޮލޮޖީގެ ދަތިކަމެވެ. ވީޑިއޯ ސަވެއިލަންސް ފަދަ ވަސީލަތްތަކުގަ ވަރަށް ބައިވަރު މައުލޫމާތާއި ޑޭޓާ އެކުލެވިގެންވި ނަމަވެސް ގިނަ ފަހަރު ވީޑިއޯ ފުޓޭޖް ބަލާ ރިވިއު ކުރާ ފަރާތްތަކަށް މައުނަވީ ގޮތެއްގައި ޑޭޓާ ދޭހަނުކުރެވި ދެއެވެ.

ފަހުގެ ހޯދުންތަކަށް ބަލާލާއިރު ސްމާޓް ޓެކްނޮލޮޖީސް ބޭނުންކުރާ ތަންތަނުގައި ކުށްކުރާ މިންވަރު 40-30 އިންސައްތަ ދައްކަން ފާހަގަކުރެވެއެވެ. އަދި ކުއްލި ހާލަތްތަކުގައި ފިޔަވަޅުއެޅޭ ވަގުތު 35-20 އިންސައްތަ އަވަހެވެ. ވީޑިއޯ އެނަލައިސްކުރާ ޓެކްނޮލޮޖީގެ އެހީގައި ވީޑިއޯއިން ފެންނަ މަންޒަރުތަކުން މީހުންނާއި ތަކެތި ވަކިކޮށް ދެނެގަނެވެއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި އަމާން ރައްކާތެރި މުޖުތަމައުއެއް ބިނާ ކުރުމަކީ އެޗްޑީސީއިން ފަށާފައިވާ ސްމާޓް ސިޓީ މަޝްރޫޢުގެ މުހިންމު ލަނޑުދަނޑިއެކެވެ. މި މަޝްރޫއުގެ ދަށުން މުޅި ހުޅުމާލެ ސިޓީގައި، މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާތަނެއް ހިމެނޭނެހެން ސީސީ.ޓީވީ ވިއުގައެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ވިއުގައިގައި ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވަރކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލެވިފައެވެ.

ކުރިމަގުގައި ޖްރޭޓަރ މާލޭގެ އެހެން ސަރަހައްދުތައްވެސް މި ވިއުގައިން ގުޅާލުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ފެށިގެންދާނީ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުންނެވެ. އެއައްފަހު ހުޅުމާލެގެ ދެވަނަ ފޭސް ތަރައްގީކުރުމުގެ ޕްލޭނަށް ބިނާކޮށް ސީސީޓީވީ ވިއުގަވެސް ގާއިމްކުރެވެމުން ދާނެއެވެ.

މި ވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެއެވެ. ނުވަ ގައުމެއްގައި ހެދިފައިވާ ދިރާސާއިން ދައްކާގޮތުގައި ސީސީޓީވީ ހުރުމުން ފާހަގަކޮށްލެވޭ ވަރަށް ކުށްކުރާ މިންވަރު ދަށްވެގެން ދެއެވެ. އަދި ވީޑިއޯ ސަވައިލެންސް ހުންނަ ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް 20 އިންސައްތަ މަދުކަންވެސް ފާހަގަކުރެވެއެވެ. ސީސީޓީވީ ހުންނަ ތަންތަނަކީ ރައްކާތެރި ތަންތަން ކަމުގައި މީހުން ދެކި އާންމު ތަންތަން ފުރިހަމަ ގޮތުގައި ބޭނުންކުރާވަރު އިތުރުވެއެވެ.

އެޗް.ޑީ.ސީގެ ހާމަކުރައްވާފައިވާ ގޮތުގައި ފޭސް 1 ގެ ފޭޖީޕީއޯއެން މަޝްރޫއު ނިމުމުން ސީސީޓީވީ ވިއުގަ އެ ސަރަހައްދުގައިވެސް ގާއިމްކުރެވިގެންދާނެއެވެ. މި މަޝްރޫއުގައި ސީސީޓީވީގެ އިތުރުން ގާއިމްކުރެވޭ އެހެން ސްމާޓް ވަސީލަތްތަކުގެ ސަބަބުން ފުލުހުންނާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެ ހަރުދަނާވެގެން ދާނެއެވެ. އަދި ހިނގާ ހާދިސާތައް ދެނެގަތުން އަވަސްވެ މުއައްސަސާތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ކެމެރާ، ހަރުކުރުމަކި،، ރައްތަތުންގެ،، ހިތްތަކުން، ބިރުވެރުކަން ފިލާންދާނެ، ރައްކާތެރި،، ފިޔަވަޅެއް،، އިންތިހާއަށް، ކުށްމަދުވެގެންދާނެކަމެއް.،

  2. ތި ކެމެރާތަކަށް އަރާނީ ވަކި ބައެއް. ބޭނުންވާ ދުވަހު ހުންނާނީ ކަނުވެފައި. ވީމާ ތީ ހަމަ ބޭކާރު ކަމެއް.

  3. އަނެއްކާ އަނެއް ވެންޓިލޭޝަން ސްކޭންޑަލް އަކަށް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު؟
    ބޭންކް އޮފް މޯލްޑިވެސް އޭޓީއެމް ކެމެރާއަށް ވެސް އަރަނީ ބައެއް މީހުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.