Support Us

ޔޫރޯ2020: ސްލޮވޭކިޔާއާއި ޕޮލޭންޑް މުބާރާތުން ކަޓައިފި

މިރޭ (މާލޭ ގަޑީން) 9:00ގައި ސްޕޭންގެ "އިސްޓޭޑިއޯ ލާ ކަރްތޫޖާ ޑި ސެވިލާ"ގައި ސްލޮވޭކިޔާއާ ދެކޮޅަށް ކުޅެ 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްޕޭން މޮޅުވެ، މިރޭ ކުޅުނު އަނެއް މެޗުން ސްވިޑުން މޮޅުވުމާއެކު ސްލޮވާކިޔާ އަދި ޕޮލޭންޑް މުބާރާތުން ކަޓައިފިއެވެ.

ޔޫރޯ2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް"އީ"ގައި ސްޕޭނާއި ސްލޮވާކިޔާ މިރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި އިސްޕޭނަށް ލިބުނު ޕެނެލްޓީ ސްލޮވާކިއާގެ ގޯލީ ޑޫބްރަވްކާ މަތަކޮށް އުންމީދު އާކުރި ނަމަވެސް ފުރަތަމަ މިނިޓުން ފެށިގެން މޮޅަށް ކުޅެފައިވަނީ އިސްޕޭނުކަން ފާހަގަކޮށްލެވެއެވެ.

އިސްޕޭނަށް ލިބުނު ޕެނެލްޓީ ބޭކާރުވި ނަމަވެސް އެ މީހުންގެ ހިތްވަރާއި ޢަޒުމަށް ކުޑަ ވެސް ބަދަލެއް ނުގެނެއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 30 ވަނަ މިނިޓްގައި މާޓިން ޑުބްރާވްކާ ލަނޑެއް ކާމިޔާބުކޮށް ލީޑް ނެގިއެވެ. އޭގެ 18 މިނިޓް ފަހުން، މެޗްގެ ފުރަތަމަ 45 ފަސްމިނިޓް ހަމަވެ އިތުރު ވަގުތުގެ 3 ވަނަ މިނިޓްގައި އޭމެރިކް ލަޕޯޓޭ އިތުރު ކަނޑެއް ކާމިޔާބުކޮށް އިސްޕޭންގެ ލީޑް ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކީގައެވެ.

ދެވަނަ ހާފުގައި މެޗްގެ 56 ވަނަ މިނިޓްގައި ޕެބްލޯ ސަރާބިއާ ޖެހި ލަނޑާއެކު އަމިއްލަ ގައުމުގެ ދަނޑުގައި ތިބި ސަޕޯޓަރުންގެ ތަރުހީބުން މުޅި ދަނޑު ގުމުމައިލިއެވެ. އިސްޕޭނުގެ އަދި މެޗްގެ ވެސް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ 67 ވަނަ މިނިޓްގައި ފެރާން ޓޮރޭސް ފޮނުވައިލި ބާރު ބޯޅައަކުންނެވެ. މެޗްގެ 71 ވަނަ މިނިޓްގައި މި ރޭގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖުރާޖް ކުޗްކާ ދަނޑަށް އެރިތާ ހަމަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

މުޅި މެޗަށް ބަލާއިރު ލަނޑު ޖެހުމަށް ޓަކައި ސްޕޭނުން ވިއްސަކަށް ހަމަލާ ފޮނުވައިލިއެވެ. މީގެ ތެރެއިން ގޯލާ އަމާޒުކޮށް ނުވަ ބޯޅަ ފޮނުވައިލިއެވެ. އޭގެ ތެރެއިން ލަނޑަކަށް ބަދަލުކޮށްލެވުނީ ފަސް ބޯޅާއެކެވެ. މުޅި މެޗްގައި ވެސް ސޮލޮވޭކިއާއަށް ގޯލާ ދިމާއަށް ފޮނުވައިލެވިފައިވަނީ ދެތިން ބޯޅައެކެވެ. ގޯލައާ އަމާޒުކޮށް އެނެމެ ބޯޅައެއް ވެސް ފޮނުވައިލެވިފައެވެ ނުވެއެވެ.

ފައުލަށް ބަލާއިރު ވެސް ސްލޮވާކިއާގެ ފައުލްތައް ގިނަކަން ފާހަގަކުރެވުނެވެ. ސްލޮވާކިއާއިން 14 ފައުލެއް ކޮށްފައިވާއިރު، ސްޕޭނުންކޮށްފައިވަނީ 7 ފައުލެކެވެ.

މިރޭ ހަމަ 9:00ގައި ރޫސީވިލާތުގެ ސެއިންޓް ޕީޓަރސްބާރގް އިސްޓޭޑިއަމްގައި މި ގްރޫޕްގެ ފަހު މެޗްގައި ޕޮލަންޑާއި ސްވިޑްން ބައްދަލުކުރި މެޗް 3-2 ގެ ހަނި ތަފާތަކުން ކާމިޔާބުކުރީ ސްވިޑްނެވެ. ސްވިޑުން މޮޅުވި ކަމުގައި ވިޔަސް ކުޅިބަލާން ތިބި މީހުންގެ ނަޒަރުގައި މޮޅަށް ކުޅެފައިވަނީ ވެސް ޕޮލަންޑެވެ. ދެ ޓީމުން ފައުލްކޮށްފައި ވަނީ އެއްވަރަކަށެވެ. ގޯލާ އަމާޒުކޮށް 19 ބޯޅައެއް ޕޮލަންޑުން ފޮނުވައިލައިފައިވާއިރު ސްވިޑުންއަށް ފޮނުވައިލެވިފައިވަނީ 11 ބޯޅައެކެވެ. މީގެ ތެރެއިން ހަ ބޯޅައެއް ޕޮލަންޑުން ގޯލަށް އަމާޒުކުރި ނަމަވެސް ސްވިޑުންއަށް ގޯލަށް އަމާޒުކުރެވުނީ ހަތަރު ބޯޅައެކެވެ. އޭގެ ތެރެއިން ތިން ބޯޅައެއް ލަނޑަށް ބަދަލުކޮށް ސްވިޑުންއިން މެޗް ކާމިޔާބުކުރީއެވެ. ޕޮލަންޑުން މޮޅަށް ކުޅުނު ކަމުގައި ވިޔަސް ދެ ބޯޅައަށްވުރެ ގިނަ ބޯޅަ ލަނޑަކަށް ބަދަލުކޮށްލާކަށް އެ މީހުންނަށް ނަސީބު އެހީއެއް ނުވިއެވެ.

މި މެޗްގައި ސްވިޑުންއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗްގެ ދެވަނަ މިނިޓާއި 59 ވަނަ މިނިޓްގައި އެމިލް ފޮސްބާރގެވެ. ޕޮލެންޑަށް ކާމިޔާބުކުރެވުނު ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މަޝްހޫރު ތަރި ރޮބަރޓް ލެވާންޑޮސްކީއެވެ.

މި ނަތީޖާއާއެކު ސްލޮވާކިޔާއާއި ޕޮލޭންޑް ވަނީ މުބާރާތަށް އަލްވަދާޢުކިޔާންޖެހިފައެވެ. ސްވިޑުންއާއި ސްޕޭން ވަނީ ދެވަނަ މަރުޙަލާއަށް ދަތުރުކޮށްފައެވެ. ދެވަނަ ބުރަށް ސްވިޑަން ދިޔައީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސްޕެއިނަށް ދެވަނަ ބުރުން ޖާގަ ލިބުނީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *