...

Support Us

އެޑްވަޓޯރިއަލް

ބަދަލުވާން ނޭދޭ އެއްޗެހީގެ ތެރޭގައި ޖީ.އެން 125؟

މަގުތަކުގައި ގާ ނާޅާއިރު ހަނދާން އެބަހުރިތޯއެވެ؟ އޭރާއި މިހާރު މަގުމައްޗަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހިންނަށް ބެއްލެވިޔަސް ދިވެހި ރާއްޖެއަށް ނަޒަރު ހިންގާލެއްވިޔަސް މެއެވެ. ޒަމާނާ އެކީ ބަދަލުވުމަކީ ދިވެހިންނަށް އެއްގޮތަކަށްވެސް ދަތި ކަމެއް ނޫންކަން އަބަދުހެން ސާބިތުކޮށްދެއެވެ. ޤަރުނެއް ކުރީގެ ވާހަކަ ދެކެވޭހެން ދެއްތޯއެވެ؟

ކޮންމެ އިންތިހާބެއްގައި ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުމަށް ކެނޑިޑޭޓުން ބޭނުންކުރާ ދަންތުރަ އަކީ ކޯޗެއް ހެއްޔެވެ؟ އެ ކަމަކަށް އެދި ރައްޔިތުން ހަރު އަޑުން ގޮވާގޮވާ ތިއްބައި އަހަރުތައް ފާއިތުވެގެން ދަނީއެވެ. އާދެ، ސުވާލުގެ ޖަވާބަކީ ހެޔޮ ބަދަލެވެ.

އިންސާނަކަށް ވީތީ ބަދަލުވާން ނޭދޭ ކަންކަމާއި ތަކެތީގެ ބޮޑު ލިސްޓެއް ހިތުގެ އެންމެ ފުންމިނުގައި ލިޔެގެން ނަމަވެސް ގެންގުޅޭނެއެވެ. ދިވެއްސަކަށް ވުމުން އަދި މި ދެންނެވި ލިސްޓުގައި ތަފާތު ތަކެއްވެސް ހުންނާނެއެވެ.

ކުރިން ދެންނެވިހެން މަގުތަކަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހާރާއި މިހާރު ގުޅުވައިދޭ މަދު އެއްޗެއް މެނުވީ މިހާރު ވެރިކަން ކުރާ މާލޭގެ ރަށްތައް އަދި ކިޔެއްތަ ހިތް ފަސޭހަ ގިނަ ރަށްރަށުންވެސް ފެންނާކަށް ނެތެވެ. އެހެން ކަމުން އެހާރާއި މިހާރު ގުޅުވައިދޭ ވަރަށް ފާހަގަ ކުރެވޭ އެއްޗަކަށް އަޅުގަނޑުމެންގެ ނަޒަރު ހިންގާލަމާތޯއެވެ؟

ސުޒުކީ ޖީ.އެން 125 އޭ ބުނުމުން އެއީ ކޯޗެއްކަން ނޭނގޭ ދިވެއްސެއް އުޅެދާނެކަމާ މެދު ޝައްކު އުފެއެވެ. ބަޒާރުގައި އެތައް އަހަރެއް ހޭދަކޮށްފައި ވާއިރު ވެސް މި ސައިކަލުގެ މަޤުބޫލުކަން ދަނީ އިތުރުވަމުންނެވެ. ސުވާލަކީ ހަލުވިކަމާއެކު ދުނިޔޭގެ ބާޒާރަށް އާ ވައްތަރުގެ އެތައް ސައިކަލެއް ނުކުންނަ އިރު މި ސައިކަލު ވައްޓާ ނުލެވެނީ ކީއްވެހެއްޔެވެ؟

ދެވަނައެއް ނުވާ ޑިޒައިން؟

  • ސައިކަލުގެ ބައްޓަމަށް ބަލާ ނަމަ ޖީ.އެން އާ ވައްތަރު އެހެން ސައިކަލެއް މަގުމައްޗަކުން ނުފެންނާނެއޭ ބުނުމަކީ ހަމަ ގައިމުވެސް ދުގަކަށް ނުވާނެއެވެ. އަރާމުގައި އިށީންދެލައިގެން ގިނަ ވަގުތު ދުއްވި ނަމަވެސް ބުރައްކައްޓަށް އަސަރެއް ކުރާހެންވެސް ހީ ނުވެއެވެ. އެއީ "ކުރޫޒާ" ކެޓަގަރީގެ ސައިކަލުތައް ފަރުމާ ކުރެވިފައި ހުންނަ ބައްޓަމެވެ.
  • މިއީ ހަޤީގަތުގައި މަޑު ދުވެލީގައި ދިގު ރާސްތާ ކަޑައްތު ކުރުމަށް ޑިޒައިން ކޮށްފައިވާ ސައިކަލެކެވެ. ދުޝްމަނަކަށް އަމާޒުކޮށް ފޮނުވާލެވޭ ތީރެއްހާ ބާރަށް ދަތުރު ކުރަން ހެދިފައިވާ އުޅަނދެއް ނޫނެވެ.

އެންމެ ދެ ފޮއްޗާއި ތެޔޮ ޓޭންކެއް؟

ގިނަ ސައިކަލުތަކުގެ ކަވަރު ސެޓު ހުންނަނީ ފޭރާމެއްހެން މުޅި އެތީ ވަށައިގެންނެވެ. އެހެން ނަމަވެސް ޖީ.އެން 125 ގައި ކަވަރު ސެޓެކޭ ބުނަން ހުންނަނީ ދެ ފަރާތުގައި GN125 ޖަހާފައި ހުންނަ ދެ ފޮއްޗެވެ. ތެޔޮ ޓޭންކަކީ ކަވަރު ސެޓުގެ ބައެއްތޯ ބަހުސް ކުރެވިދާނެއެވެ.

ޖީ.އެންގެ ކުލަވެސް ތަފާތު ވަނީ ހަމަ އެކަނި މި ދެންނެވި ދެ ފަރާތުގައި ހުންނަ "ކަވަރު" އަދި ތެޔޮ ޓޭންކުގައެވެ. އެހާ ކުޑަ ތަފާތަކުން އެކައްޗާއި އަނެކަތި އަހަރެމެންގެ ލޮލަށް ފެންނަ ގޮތް ވަރަށް ބޮޑަށް ތަފާތެވެ. ކުލައަކީ ހަމަ ޔަގީނުންވެސް ވަރަށް މުހިއްމު އަދި އެހާމެ ބާރުގަދަ އެއްޗެކެވެ.

 ކަނބަލުންނަށް އެންމެ ކަމުދަނީ ޖީ.އެން؟

  • ތަނެއްގައި ގިނައިރު އިށީނދެ އިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ރީތި ސައިކަލެއްގައި ފިރިމީހާގެ ފަހަތުގައި ވިޔަސްމެއެވެ. މަޑީގައި ޖެހޭ ހިސާބު އައްސިވުމާއި ބުރަކަށީގައި ރިއްސުމަކީ އާންމުކޮށް ފާހަގަ ކުރެވޭ ކަންކަމެވެ. އެހެނަސް GN އެއްގައި ގިނަ ވަގުތު އިނުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގިނަ ފަހަރު އެރިއްޖެއްޔާ އޭގެން ފައިބާ ހިތެއްވެސް ނުވާނެއެވެ. ހަގީގަތުގައި ގިނަ އަންހެން ކަނބަލުންގެ މެދުގައި މި ސައިކަލު މަޤުބޫލުކަން ހޯދާފައި ވަނީވެސް މި ސަބަބާ ހުރެއެވެ.

ކެލެޖު މާ ރައްކާތެރި؟

  • ކެލެޖަކީ ދަސްކުރަން ކުޑަ ހިތްވަރެއް ބޭނުންވާ އެއްޗެކެވެ. އެހެނަސް ދަސްވުމަށް ފަހު ނުވިސްނާވެސް ކުރެވޭހާ ފަސޭހަ ކަމެކެވެ. ބޭނުން ވާނީ ހަމަ ކުޑަ ވަގުތު ކޮޅަކާއި ނުބައިކޮށް ކެލެޖު ކުރެވިގެން ސައިކަލު މަގުމެދަށް ހުއްޓުނަސް ލަދު ނުގަނެ ސައިކަލު އަލުން އިސްޓާޓުކޮށް ނައްޓާލް ކުޑަކުޑަ ހިތްވަރެކެވެ.
  • ގިނަ މީހުން އެއްބަސްވާ ގޮތުގައި ކެލެޖު ސައިކަލު ސެމީ އޮޓޮމެޓިކް (wave) އަދި އޮޓޯ (airblade) ފަދަ ސައިކަލާ އަޅާ ބަލާއިރު މާ ރައްކާތެރިއެވެ. ސަބަބަކީ ސައިކަލުގެ މައްޗަށް ތިމާގެ ބާރު ހިނގާލެއް ބޮޑުވުމެވެ.

"ކޮބާ އިންސްޓޯލްމަންޓަށް ލިބޭތަ؟"

މީސް މީޑިއާގައި މި ހަފްތާ ފެށުނީއްސުރެ އެންމެ އަޑު ހަރުކޮށް ދެކެވެނީ GN ގެ ވާހަކައެވެ.

މި ވެގެން އުޅޭ ގޮތެއް ބަލައިލުމަށް ހަލުވި ދުވެއްޔެއްގައި އެކުވެރި LOTUS BIKE SHOP އަށް ވަދެލުމުން ވެގެން މިއުޅޭ ގޮތް ސާފުވެއްޖެއެވެ.

ތިން ކުލައިގެ GN125 ތަކުން ފިހާރަ ވަނީ ޒީނަތްތެރި ކޮށްލާފައެވެ. ސީދާ ހަމަ އޮރިޖިނަލް GN125 އެވެ. ރަތާއި ނޫ އަދި ކަޅު ކުލައިން ބޭނުން ކުލައެއް ލިބެން އެބަހުއްޓެވެ.

ސައިކަލުގެ އަގާއި އޭގެ ކޮލިޓީއަށް ބަލައި އަދި މިހާތަނަށް GN125 ގެންގުޅޭ ގިނަ ފަރާތްތަކެއްގެ ހިޔާލުވެސް ހޯދުމަށްފަހު އަޅުގަނޑުވެސް މިހާރު LOTUS BIKE SHOP ން GN125 އެއް ގަންނަން ނިންމައިފީމެވެ. ގިނަ ދުވަހަށް ގެންގުޅެވޭނެ، ރީތި އަރާމު އަދި ކެލެޖު ލީ ސައިކަލެއް ދެން މިހާރު މާ ބޮޑަށްވެސް ބޭނުން ވެއްޖެއެވެ.

  • GN125 އާ ބެހޭ ހުރިހާ މަޢުލޫމާތު ބޭނުން ނަމަ ލަސްނުކޮށް 7530253، 9555520 އަދި 7425552 އަށް ގުޅާލާ!