Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 3

ތިންވަނަ ސިފަ: ތެދުވެރިކަން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ ތެދުވެރިކަމުގެ ސިފައެވެ. އެއާއި ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ.

ކުރު ވާހަކައެއް

ބުނެވެއެވެ. ހަމަ ކަށަވަރުން މީހަކު ފާފަތައް ކޮށް އުޅުނެވެ. އަދި އޭނާގެ ކިބައިގައި ވަރަށް ގިނަ ނޭދެވޭ ސިފަތައް ހުއްޓެވެ. އަދި އޭނާ އެނުބައި ކަންތަކުން ސަލާމަތްވުމަށް ބޭނުންވިއެވެ. އެހެންކަމުން އޭނާ ދަންނަބޭކަލެއްގެ އަރިހަށް ދިޔައެވެ. އަދި އެބޭކަލެއްގެ އަރިހުން އޭނާ ރަނގަޅު މީހަކަށް ވާނެ ގޮތެއް އޮތްތޯ ސުވާލުކުރިއެވެ. އެހިނދު އެعلم ވެރިޔާ އޭނާއަށް ވިދާޅުވިއެވެ. ތިބާ ރަނގަޅު މީހަކަށްވާން ބޭނުންވަނީނަމަ އެންމެ ކަމެއް ކޮށްފައި ދައްކާށެވެ. އެއީ ހަމައެކަނި ދޮގުހެދުން ހުއްޓާލުމެވެ. އަދި ދުވަހަކުވެސް ދޮގެއް ނަހަދާނެ ކަމުގެ މައްޗަށް ތިމަންނައަށް عهدދޭށެވެ. އެހެންކަމުން އޭނާ އެކަން ކުރިއެވެ. ދެން ދުވަސްކޮޅެއް ފަހުން އެއްދުވަހަކު އެމީހާ ރާބުއިމަށް ގަސްތުކުރި އެވެ. އަދި ރާފުޅިއެއް ގަތެވެ. އަދި އެބުއިމަށްޓަކައި ތަށްޓަކަށް އެއިން ބަނގުރާ އެޅިއެވެ. އަދި އެތަށި ތުނބުގައި ޖެއްސިތަނާ ހިތަށްއެރިއެވެ. މާދަމާ علمވެރިޔާ ރަލާއިމެދު ސުވާލުކޮށްފިނަމަ ދޭނީ ކޮންޖަވާބެއް ބާވައެވެ؟ އޭނާގެ އަރިހުގައި ދޮގުބުނަން ނުޖެހޭނެ ބާވައެވެ؟ ކުރި عهد ނުމުގުރޭނެ ބާވައެވެ؟ އެއްގޮތަކަށްވެސް އެހެން ނަހަދާނަމޭ ބުނެ ރާތަށި އެއްލައިލިއެވެ. އަދި ރަލާއި ދުރުހެލިވެގެންފިއެވެ. ދެން ދުވަސްކޮޅެއް ފަހުން އެއްދުވަހަކު އެމީހާ އެހެން ގޯސްކަމެއް ކުރަން ހިތުލިއެވެ. ނަމަވެސް ކުއްލިއަކަށް ދޮގު ބުނުމާއި މެދު علمވެރިޔާއާއި އެކުވެފައިވާ عهد ހަދާންވިއެވެ. އެހެންވެ އެދުވަހުވެސް އެކަންނުކޮށް ހުއްޓާލިއެވެ. ދުވަސްތަކެއް ފާއިތުވީ ހިނދު އޭނާ ހުރީ މުޅީން ރަނގަޅު މާތް މީހަކަށް ބަދަލުވެފައެވެ.

ތެދުބުނަމަކީ ކޮބާހެއްޔެވެ؟

ތެދު ބުނުމަކީ އެއީ ރަނގަޅު ބަހެއް حقيقة އާއި އެއްގޮތަކަށް ބުނާ ބުނުމެވެ.

މާތް الله سبحانه وتعالى ތެދުބުނުމަށް އަމުރު ކުރައްވާފައިވެއެވެ. ފަހެ الله سبحانه وتعالى وحى ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ ﴿التوبة ١١٩﴾ މާނައީ :- އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް تقوىވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!

މާތް الله وحى ކުރެއްވިއެވެ.

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّهِ قِيلًا ﴿١٢٢النساء﴾ މާނައީ:-   އަދި، إيمانވެ، صالح عملކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعدކުރައްވާފައި ވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّهއަށްވުރެ ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟

މާތް الله وحى ކުރެއްވިއެވެ.

وَلَمَّا رَأَى الْمُؤْمِنُونَ الْأَحْزَابَ قَالُوا هَٰذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ ۚ وَمَا زَادَهُمْ إِلَّا إِيمَانًا وَتَسْلِيمًا ﴿الأحزاب٢٢﴾ މާނައީ:-  އަދި (كافرންގެ) جماعةތައް مؤمنންނަށް ފެނުނު ހިނދު، އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް اللَّهއާއި، އެކަލާނގެ رسولއާ وعدކުރެއްވި ކަންތަކެވެ. އަދި اللَّهއާއި، އެކަލާނގެ رسولއާ އިއްވެވީ ތެދުބަހެވެ. އަދި އެއުރެންނަކަށް އެކަމުގެ ސަބަބުން إيمانކަމާއި، ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެތެވެ.

نبىބޭކަލުންގެ ތެދުވެރިކަން

الله سبحانه وتعالى ތެދުވެރިކަމުގެ ސިފައިން ވަރަށް ގިނަ نبى ބޭކަލުންނަށް ثناء وحى ކުރެއްވިއެވެ. އެގޮތުން إبراهيم عليه السلام އަށް ثناء  وحى ކުރެއްވިއެވެ. (وَاذْكُرْ فِي الْكِتَابِ إِبْرَاهِيمَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا)  ﴿ مريم ٤١﴾  މާނައީ :- ކަލޭގެފާނު މިފޮތުން إبراهيمގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނަކީ، ތެދުވެރިކަންބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.

އަދި إسماعيل  عليه السلام އަށް ثناء وحى ކުރެއްވިއެވެ. (وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ ۚ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَبِيًّا) ﴿ مريم ٥٤﴾  މާނައީ :- ކަލޭގެފާނު މި ފޮތުން إسماعيلގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعدފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسولއަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.

އަދި يوسف عليه السلام  އަށް ثناء وحى ކުރެއްވިއެވެ. (يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنْبُلَاتٍ خُضْرٍ وَأُخَرَ يَابِسَاتٍ لَعَلِّي أَرْجِعُ إِلَى النَّاسِ لَعَلَّهُمْ يَعْلَمُونَ) ﴿يوسف٤٦﴾ މާނައީ:- (އޭނާ ދެންނެވިއެވެ.) އޭ يوسفގެފާނެވެ! އޭ ތެދުވެރިޔާއެވެ! ހިކި ހަތް ގެރި (ވެގެން) ކާ، ފަލަ ހަތް ގެރިއާއި، ރޯ ހަތް ކުރާއާއި، ހިކި ހަތް ކުރާއާމެދު (އެބަހީ:   އެ ހުވަފެނާމެދު) އަހުރެމެންނަށް އޮޅުންފިލުއްވައި ދެއްވާށެވެ! (އެއީ) ތިމަން އެއުރެން ގާތަށް އެނބުރިގޮސް ކިޔައިދިނުމަށްޓަކައެވެ. (އެއީ) އެއުރެންނަށް (އެކަން) އެނގުމަށްޓަކައެވެ.

އަދި إدريس عليه السلام އަށް ثناء وحى ކުރެއްވިއެވެ.(وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا) ﴿مريم ٥٦﴾ މާނައީ:- ކަލޭގެފާނު މިފޮތުން إدريسގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނަކީ، ތެދުވެރިކަން ބޮޑު ނަބިއްޔަކު ކަމުގައިވިއެވެ.

އަދި ތެދުވެރިކަމަކީ މިއުއްމަތުގެ نبىއާ محمد صَلّى اللهُ عَلَيْهِ وَسَلَّم ގެ ހަށިކޮޅުގައި لازم ވެފައިވާ ސިފައެކެވެ. އެހެންކަމުން އެކަލޭގެފާނު ގެ قوم ގެ މީހުން އެކަލޭގެފާނަށް الصادق الأمينގެ  لقب ގެ ނަން ދެއްވާފައިވެއެވެ.

ތެދުވެރިކަމުގެ ވައްތަރުތައް

  • الصدق مع الله: އެބަހީ الله އަށް ތެދުވެރިވުމެވެ. الله އަށް ތެދުވެރިވުމަކީ ތިމާކުރާ އެންމެހާ عملތައް އެاله އަށް خالصކުރުމެވެ. ފަހެ އެކަމުގައި އެއްވެސް ބާވަތެއްގެ ކަންދެއްކުމެއް އަދި އަޑުއެރުވުމެއް ނުބޭއްވުމެވެ. إخلاص ތެރިކަމުގެ ނިޔަތުގެ މައްޗަށް ބިނާނުކުރެވޭ عمل ތައް މާތް الله قبول އެއް ނުކުރައްވާނެއެވެ. އެހެންކަމުން مسلم.ން އެމީހުންގެ އެންމެހާ عمل ތައް الله އަށް خلاص ކޮށް އެކަން ކުރުމަށް އަންގަވާފައިވާ ގޮތަށް ފުރިހަމަ ކުރަން ޖެހެއެވެ.
  • الصدق مع الناس: އެބަހީ މީސްތަކުންނަށް ތެދުވެރިވުމެވެ. މީސްތަކުންނަށް ތެދުވެރިވުމަކީ އެމީހުންގެ ކައިރީގައި ދައްކާ ވާހަކަގައި ދޮގު ނެހެދުމެވެ. ހަމަކަށަވަރުން نبى އާ صَلّى اللهُ عَلَيْهِ وَسَلَّم حديث ކުރެއްވިކަމަށް ރިވާވެގެން ވެއެވެ. (كَبُرَتْ خيانة أن تحدِّث أخاك حديثًا، هو لك مصدِّق، وأنت له كاذب) -أحمد.މާނައީ:- ތިބާ ތިބާގެ އަޚަކު ކައިރީގައި ވާހަކައެއް ދެއްކުމުން އެމީހާ ތިބާގެ ވާހަކަ ތެދުކަމަށް قبول ކޮށްގެން ހުންނައިރު ހަގީގަތަކީ ތިބާ އޭނާއަށް ދޮގު ބުނީ ކަމުގައިވަނީނަމަ  އެއީ ބޮޑު ވެގެންވާ ޚިޔާނާތެކެވެ.
  • الصدق مع النفس: އެބަހީ ތިމާގެ نفس ގެ މައްޗަށް ތެދުވެރިވުމެވެ. ތިމާގެ نفس ގެ މައްޗަށް ތެދުވެރިވުމަކީ ތިމާގެ ކިބައިގައި ހުންނަ  އުނި ކަންތައްތަކަށް އިއުތިރާފުވެ އެކަންތައް އިސްލާހު ކުރުމެވެ. رسول صلى الله عليه وسلم حديث ކުރެއްވިއެވެ. (عَنْ أبي مُحَمَّدٍ الْحَسنِ بْنِ عَلِيِّ بْنِ أبي طَالِبٍ ، رَضيَ اللَّهُ عَنْهما ، قَالَ حفِظْتُ مِنْ رسولِ اللَّه صَلّى اللهُ عَلَيْهِ وسَلَّم : « دَعْ ما يَرِيبُكَ إِلَى مَا لا يَريبُكَ ، فَإِنَّ الصِّدْقَ طُمأنينَةٌ، وَالْكَذِبَ رِيبةٌ) » رواه التِرْمذي وقال : حديثٌ صحيحٌ . މާނައީ: މާތްالله އެދެބަފައިކަލުންނަށް ރުއްސުންލެއްވި أبو مُحَمَّد الْحَسن بْنِ عَلِيِّ بْنِ أبي طَالِب ގެކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. (ތިމަންނަގެ މާފާފުޅު) رسولَ اللَّه صَلّى اللهُ عَلَيْه وسَلَّم ތިމަންނައަށް ކުރެއްވި وصية ބަރާބަރަށް ހަނދާން އެބަހުއްޓެވެ. އެކަލޭގެފާނު إرشاد ދެއްވިއެވެ. ތިމާގެ މައްޗަށް شك އުފެދޭ ފަދަ ކަންތައްތަކުން ދުރުހެލިވެގެން އުޅޭށެވެ. އަދި (ތިމާގެ މައްޗަށް ދޮގު ވާހަކަތައް ފެތުރިޔަ ނުދިނުމަށްޓަކައި) ޝައްކު ނުއުފެދޭ ފަދަ ކަންތައްތައް މެނުވީ إختيار ނުކުރާށެވެ. ފަހެ މިހެނީ شك ނުއުފެދޭ ގޮތުގައި ސީދާވެ ހުރުމަކީ ނަފްސާނީ ހަމަ ހިމޭންކަން ލިބިގެންދާނޭ ކަމެކެވެ. އަދި ދޮގު ވާހަކަތައް ފެތުރިގެން ދިއުމަކީ شك ތައް އުފެދި ނަފްސާނީ ހަމަހިމޭންކަން ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

ތެދުބުނުމުގެ މާތްކަން

الله سبحانه وتعالى ތެދުވެރީންނަށް ثناء އެއްގެ ގޮތުގައި وحى ކުރެއްވީ އެބައިމީހުންނަކީ ސުވަރުގޭގެ اهل ވެރީން ކަމުގައެވެ. އަދި އެބައިމީހުންނަކީ تقوى ވެރިން ކަމުގައިއެވެ. އެބައިމީހުންނަށް ސުވަރުގެ نصيب ވެގެން ދިޔައީ އެބައި މީހުން ތެދުވެރީން ކަމުގައިވީ ކަމަށްޓަކައެވެ. މާތް الله وحىކުރެއްވިއެވެ. لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ ﴿البقرة ١٧٧﴾ މާނައީ :- ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّهއަށާއި آخرةދުވަހަށާއި ملائكةންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمانވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيمންނަށާއި مسكينންނަށާއި (حالގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށް އެދި سؤالކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائمކޮށް، زكاةދީއުޅޭ މީހާއެވެ. އަދި عهدއެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوىވެރިންނަކީވެސް ހަމަ އެއުރެންނެވެ.

މާތް الله وحى ކުރެއްވިއެވެ. (قَالَ اللَّهُ هَٰذَا يَوْمُ يَنْفَعُ الصَّادِقِينَ صِدْقُهُمْ ۚ لَهُمْ جَنَّاتٌ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿المائدة ١١٩﴾ މާނައީ:- اللَّه، وحىކުރައްވާނެތެވެ. މިއީ، ތެދުވެރިންނަށް، އެއުރެންގެ ތެދުވެރިކަން، މަންފާކޮށްދޭނޭ ދުވަހެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއުރެންނަށް ހުށްޓެވެ. އެ ސުވަރުގެތަކުގައި، އެއުރެން އަބަދަށް ދެމިތިބޭ ގޮތުގައެވެ. اللَّه، އެއުރެންނަށް ރުހިވޮޑިގެންވެއެވެ. އަދި އެއުރެންވެސް، އެކަލާނގެއަށް ރުހިގެންވެއެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.

رسول الله  صلى الله عليه وسلم  حديث ކުރެއްވިއެވެ. (عَن ابْنِ مَسْعُودٍ رضي اللَّه عنه عن النَّبِيَّ صَلّى اللهُ عَلَيْهِ وسَلَّم قال : « إِنَّ الصَّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الجَنَّةِ ، وَإِنَّ الرَّجُلَ ليصْدُقُ حَتَّى يُكتَبَ عِنْدَ اللَّهِ صِدِّيقاً ، وإِنَّ الْكَذِبَ يَهْدِي إِلَى الفجُورِ وَإِنَّ الفجُورَ يَهْدِي إِلَى النَّارِ ، وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكتَبَ عِنْدَ اللَّهِ كَذَّاباً )» متفقٌ عليه .މާނައީ: މާތް الله ރުއްސުންލެއްވި عبد الله بن مسعود نبي އާ صَلّى اللهُ عَلَيْه وسَلَّم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. ހަމަކަށަވަރުން ތެދުބުނުން އިންސާނުންނަށް ހެޔޮމަގު ދައްކައެވެ. އަދި ހަމަކަށަވަރުން ހެޔޮމަގު އިންސާނުންނަށް ސުވަރުގެއަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން މީހަކު ތެދުބުނަމުން ގެންދާން ފަށައިފިނަމަ އެންމެފަހުން ގޮސް اللهގެ حضرةގައި އެމީހާގެ ނަން صديقންގެ ތެރޭގައި ލިޔެވިދެއެވެ. (މިއާއި ޚިލާފަށް) ހަމަކަށަވަރުން  ދޮގުހެދުން އިންސާނުންނަށް ނުބައިމަގު ދައްކައެވެ. އަދި ހަމަކަށަވަރުން ނުބައިމަގު އިންސާނުންނަށް ނަރަކަޔަށް މަގު ދައްކައެވެ. އަދި ހަމަކަށަވަރުން މީހަކު ދޮގު ހަދަމުން ގެންދާން ފަށައިފިނަމަ އެންމެ ފަހުން ގޮސް الله ގެ حضرة ގައި އެމީހާގެ ނަން ދޮގުވެރީންގެ ތެރޭގައި ލިޔެވިދެއެވެ.

ދޮގުބުނުމަކީ ކޮބައި ހެއްޔެވެ؟

ދޮގުބުނުމަކީ އެއީ ބުނެވޭ ނުރަގަޅު ބަހެއް حقيقة އާއި ފުށުއަރާ ގޮތަށް ބުނުމެވެ.

އެއީ نفاق ގެ ނިޝާންތަކުގެ ތެރެއިން ނިޝާނެކެވެ. رسول الله  صلى الله عليه وسلم  حديث ކުރެއްވިއެވެ. ކުރެއްވިއެވެ. (عن أَبي هريرة ، رضي اللَّه عنه ، أن رسولَ اللَّه صَلّى اللهُ عَلَيْهِ وسَلَّم قال : آيَةُ المُنَافِقِ ثَلاثٌ: إِذَا حَدَّثَ كَذَبَ ، وَإِذَا وَعَدَ أَخْلَفَ ، وإِذَا آؤْتُمِنَ خَانَ) متفقٌ عليه. މާނައީ: މާތްالله ރުއްސުންލެއްވި أَبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديثކުރެއްވެވިއެވެ. مُنَافِق އާގެ علامةތައް ތިނެކެވެ. އެއީ ވާހަކައެއް ދައްކައިފިނަމަ ދޮގުބުނުމެވެ. އަދި وعدއެއްވެއްޖެނަމަ خلافވުމެވެ. އަދި أمانةއެއް ހަވާލު ކުރެވިއްޖެނަމަ އެއަށް خيانةތެރިވުމެވެ.

ފުރިހަމަ مؤمنންނަކީ އެއްވެސް ހާލެއްގައި ދޮގުބުނާނެ ބައެއް ނޫނެވެ. نبيއާ صلى الله عليه وسلم ގެ އަރިހުން ސުވަލުކުރެވުނެވެ. مؤمن އަކީ ފިނޑިމީހަކަށް ވެދާނެ ހެއްޔެވެ؟ حديث ކުރެއްވިއެވެ. އާނއެކެވެ. ދެންނެވުނެވެ. مؤمن އަކު بخيل މީހަކަށް  ވެދާނެހެއްޔެވެ؟ حديث ކުރެއްވިއެވެ. އާނއެކެވެ. ދެންނެވުނެވެ. مؤمنއަކީ ދޮގުވެރިއަކަށް ވެދާނެ ހެއްޔެވެ؟ حديث ކުރެއްވިއެވެ. ނޫނެކެވެ.

އެއްވެސް ދޮގުވެރިއަކަށް އެމީހާ ހަދާ ދޮގު ވަންހަނާ ނުކުރެވޭނެއެވެ. އެމީހަކު ހަދާ ދޮގުދާނީ ފަޅާ އަރަމުންނެވެ. ދޮގުބުނުމުގައި ހުދުކުލައިގެ ދޮގާއި ކަޅުކުލައިގެ ދޮގާއި ކުޑަކުޑަ ދޮގާއި ބޮޑެތި ދޮގުތައް ވާކަމަށް ކަމަށް ބައެއް عام ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއީ ހަގީގަތެއްވާ ކަމެއް ނޫނެވެ. ދޮގަކީ شريعة ގައި އިސްތިސްނާވެފައިވާ خاص حالة ފިޔަވައި އެހެން ހުރިހާ ވަގުތެއްގައިވެސް ބުނުން حرام ވެގެންވާ ނުވަތަ مكروه ވެގެންވާ އެއްޗެކެވެ.

(وعن عبد الله بن عامر -رضي الله عنه- قال: دعتني أمي يومًا -ورسول الله صلى الله عليه وسلم قاعد في بيتنا- فقالت: تعالَ أعطِك، فقال لها: (ما أردتِ أن تعطيه؟). قالت: أردتُ أن أعطيه تمرًا. فقال النبي صلى الله عليه وسلم: (أما إنك لو لم تعطِه شيئًا كُتِبَتْ عليك كذبة) [أبوداود].
މާނައީ :-  މާތް ﷲ ރުއްސުންލެއްވި عبد الله بن عامر ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. އެއްފަހަރަކު ތިމަންނަގެ މަންމަ  ތިމަންނަށް ގޮވާލެއްވިއެވެ. އެވަގުތު رسول الله صلى الله عليه وسلم ތިމަންނަގެ ގޭގައި އިންނެވިއެވެ. މަންމާފުޅު ތި މަންނައަށް ވިދާޅުވިއެވެ. (ދަރިފުޅާއެވެ.) އައިސް ބަލާށެވެ! އެއްޗެއް ދޭނަމެވެ. ފަހެ رسول الله صلى الله عليه وسلم މަންމަގެ އަރިހުން ސުވާލު ކުރެއްވިއެވެ. ކަމަނާ އެދަރިފުޅަށް ދޭން ގަސްދުކުރީ ކޮން އެއްޗެއް ހެއްޔެވެ؟ މަންމަ ދެންނެވިއެވެ. ތިމަންނަ ގަސްދުކުރީ ކަދުރު އޮށެއް  ދިނުމަށެވެ. އެހިނދު رسول الله صلى الله عليه وسلم حديث ކުރެއްވިއެވެ. ކަމަނާ އެދަރިފުޅަށް  އެއެއްޗެއް ނުދެއްވިނަމަ  ކަމަނާގެ މައްޗަށް ދޮގު ބުނުމުގެ ފާފަ ލިޔެވޭނެއެވެ.

ހަގީގަތާއި خلاف އަށް ބަސްބުނުމަށް شريعة ގައި ހުއްދަދެއްވާފައިވާ حالةއެއް ވެއެވެ. އެއީ ދޮގުބުނުމެއް ނޫނެވެ. އަދި އެއީ شريعة ގައި ދޮގުބުނުން ހުއްދަ ކުރަނީއެއްވެސް ނޫނެވެ. އެއީ شرعى مصلحة އެކުލެވިގެންވަނީ ބަހެއް އޭގެ حقيقه  އާއި خلاف އަށް އަނބުރައިގެން ބުނުން ކަމަށްވާތީވެ އެކަން އެގޮތަށް ކުރުމަށް ހުއްދަވީއެވެ. އެ ހާލަތްތަކަކީ:-

  • ދެބަސްވެރިވެފައިވާ ދެމީހުންގެމެދު صلح ކުރުމަށްޓަކައި

مثال އަކަށް، ދެމީހެއްގެ ދެމެދުގައި ދެބަސްވެރިވެފައިވަނިކޮށް އެކަން ރަގަޅު ކުރުމަށްޓަކައި އެތަނުން އެކަކު ކައިރީގައި އޭނާ ދެކެ އަނެއް މީހާ ނުލާހިކު ހިތްހެޔޮކަން ފާޅުކުރިއޭ ނުވަތަ ވަރަށް ثناء ކިޔޭނޭ ބުނުން ފަދަ ބަސްބުނުމެވެ. އަދި އަނެއްމީހާ ކާރީގައިވެސް އެފަދައިން ބުނުމެވެ.

  • مسلم ންގެ އަދުއްވުންގެ ގާތުގައި ދައްކާ ވާހަކަތަކުގައި

މިސާލަކަށް ހަނގުރާމައިގެ ދުވަސްވަރު مسلم އަކު އަދުއްވުންގެ އަތްދަށުގައި ވުމެވެ. އަދި އޭނާގެ قوم އާއިބެހޭ معلومات އޮޅުންފިލުވުމަށް އެދިއްޖެނަމަ އޭނާގެ قوم އަށް ގެއްލުންދީފާނެ ކަމަށްޓަކައި އެ معلومات އޮޅުންފިލުވައިނުދިނުމުގެ ބޭނުމުގައި حقيقه  އާއި خلاف معلومات ދިނުމެވެ.  އެއީ ހުއްދަ ކަމެކެވެ.

  • زواجي حياة ގައި ދެކެވޭ ބައެއް ވާހަކައިގައި

ފިރިމީހާ އޭނާގެ އަނބިމީހާގެ ކައިރީގައި ކަނބުލޭގެ އަކީ ހަޑި މީހެކޭ ނުވަތަ ހުތުރު މީހެކޭ ނުވަތަ ތިމަންނަ ތިބާ ދެކެ ލޯބިނުވަމޭ އަދި އެއީ حقيقه ކަމުގައި ވިޔަސް ބުނުމަކީ إسلامى އަދަބުވެރިކަމާ خلاف ކަމެކެވެ. ފިރިމީހާގެ މައްޗަށް އެދެވިގެންވަނީ އޭނާގެ އަނބިމީހާ އުފާވާ ފަދަ އިބާރާތްތަކުން مثال އަކަށް ތިބާ ހާދަ ރީއްޗޭ ނުވަތަ ހާދަހާ މޮޅޭ ނުވަތަ ތިމަންނައަށް މިލިބޭ ކުރިއެރުން ތަކަކީ ތިބާގެ ސަބަބުން ލިބޭ ކުރިއެރުން ތަކެކޭ ފަދަ ޢިބާރާތް ބުނުމެވެ. އަދި ހަމަ އެހެންމެ އަނބިމީހާގެ މައްޗަށްވެސް އެދެވިގެންވަނީ އެފަދައިން ކަންތައް ކުރުމެވެ. މިމޭރުމުން ދެމަފިރިން އެކަކު އަނެކަކަށް ދައްކާ ވާހަކަތަކުގައި حقيقه އާ خلاف އަށް ވާހަކަދެއްކުން ހުއްދައެވެ.

(عَنْ أَسْمَاءَ بِنْتِ يَزِيدَ رضي الله عنها قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( لَا يَحِلُّ الْكَذِبُ إِلَّا فِي ثَلَاثٍ : يُحَدِّثُ الرَّجُلُ امْرَأَتَهُ لِيُرْضِيَهَا ، وَالْكَذِبُ فِي الْحَرْبِ ، وَالْكَذِبُ لِيُصْلِحَ بَيْنَ النَّاسِ) މާނައަކީ: މާތް الله ރުއްސުން ލެއްވި أَسْمَاء بِنْتِ يَزِيد ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ތިން ޙާލަތެއްގައި މެނުވީ ދޮގު ހެދުން ހުއްދަވެގެން ނުވެއެވެ. އެއީ އަނބިމީހާ ރުއްސުމަށް ފިރިމީހާ ދޮގު ހެދުމާއި، ހަނގުރާމައިގެ މައިދާނުގައި ދޮގު ހެދުމާއި ، މީސްތަކުންގެ މެދުގައި ޞުލްޙަ ގާއިމު ކުރުމަށްޓަކައި ދޮގު ހެދުމެވެ.

مسلم ންނަކީ مدح ކިޔުމުގައި އާއި ސަމާސާގެ ގޮތުން ދޮގުހަދާ ބައެއް ނޫނެވެ.

فقال صلى الله عليه وسلم: (إذا رأيتم المداحين فاحثوا في وجوههم التراب) [مسلم].
މާނައީ :- ތިޔަބައިމީހުންނަށް  މަދަޙަވެރީން ދޮގު ބުނާތަން ފެނިއްޖެނަމަ އެބައިމީހުންގެ މޫނު ތަކަށް ވެލި ޖަހާށެވެ.

فقال صلى الله عليه وسلم: (ويل للذي يحدِّث بالحديث ليضحك به القوم؛ فيكذب، ويل له، ويل له) [الترمذي މާނައީ :-މީސްތަކުން ހެއްވުމަށްޓަކައި ދޮގުވާހަކަތައް  ދައްކާ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ.އެ މީހާއަށް ހަލާކު ހުއްޓެވެ.