Support Us

"ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު"ގައި ފުރަތަމަ މެޗުން މޮޅުވީ ވައިސޫރި ޓީމު -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް

ނޮޅިވަރަންފަރު ވެޓަރަންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ވައިސޫރި ޓީމަށް

ހދ. ނޮޅިވަރަންފަރުގައި މިރޭ ފެށި ފިރިހެނުންގެ ވެޓަރަންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ވައިސޫރި ޓީމު ކާމިޔާބުކޮށްފިއެވެ.

"ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު"ގައި ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެނީ -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން، ޖުމްލަ ފަސް ޓީމުގެ މެދުގައި ކުރިއަށްދާ "ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު" ހުޅުވައިދިން މެޗު ވައިސޫރި ކާމިޔާބުކުރީ "ހަވަރު" ޓީމާ ވާދަކޮށް 3-1 ސެޓުންނެވެ. ފޯރިގަދަވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައިސޫރީގެ އަބްދުއްސަމަދު މުހައްމަދެވެ.

މުބާރާތް ހުޅުވި މެޗުގެ ޝަރަފުވެރި މެހެމާނަކީ ގައުމީ ވޮލީ ކެޕްޓަން އަލީ ހުޒާމެވެ.

"ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު"ގައި ވާދަކުރާ "ހަވަރު" އަދި "ވައިސޫރި"ގެ ކެޕްޓަނުން ހަދިޔާ ބަދަލުކުރަނީ

މިރެއިން ފެށިގެން މި މަހުގެ 25ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ދެން ވާދަކުރަނީ އެވޭލާ، ބުރަކި އަދި ބެއްލޯއެވެ. މާދަމާ ރޭ ކުޅޭނީ އެވޭލާ އާއި ބުރަކި ޓީމެވެ.

"ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު"ގައި ވާދަކުރާ "ހަވަރު" ޓީމު

މި މުބާރާތް ކުރިއަށް ދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 25 ވަނަ ދުވަހުގެ ރެއެވެ.

އިތުރު ފޮޓޯ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *