ހދ. ނޮޅިވަރަންފަރުގައި މިރޭ ފެށި ފިރިހެނުންގެ ވެޓަރަންސް ވޮލީ މުބާރާތުގެ ފުރަތަމަ މެޗު ވައިސޫރި ޓީމު ކާމިޔާބުކޮށްފިއެވެ. އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން، ޖުމްލަ ފަސް ޓީމުގެ މެދުގައި ކުރިއަށްދާ "ފުޑްބައިޓް ވެޓަރަންސް މެންސް ވޮލީބޯލް ޓޯނަމަންޓު" ހުޅުވައިދިން މެޗު ވައިސޫރި ކާމިޔާބުކުރީ "ހަވަރު" ޓީމާ ވާދަކޮށް 3-1 ސެޓުންނެވެ. ފޯރިގަދަވި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައިސޫރީގެ އަބްދުއްސަމަދު މުހައްމަދެވެ. -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް