...

Support Us

ހޯމް މިނިސްޓަރ ޝެއިޚު އިމްރާން އަބްދުﷲ އާއި ޖެންޑަރ މިނިސްޓަރުގެ ނައިބު ފާތުމަތު ޔުމްނާ

ޝެއިޚް އިމްރާނާއި ޔުމްނާގެ ކައިވެނީގެ އެހެން ވާހަކައެއް

ހޯމް މިނިސްޓަރ ޝެއިޚު އިމްރާން އަބްދުﷲ އާއި ޖެންޑަރ މިނިސްޓަރުގެ ނައިބު ފާތުމަތު ޔުމްނާއާ ދެ އަންބަށް ކައިވެނިކުރެއްވި ވާހަކަ އެއީ އާ ވާހަކައެއް ނޫނެވެ. އަލަށް ފެންމަތިވެގެން އުޅޭ ވާހަކަ އަކީ މިދިޔަ މާޗު މަހު އިމްރާނު އެ ކައިވެނި ކުރައްވާފައި ވަނީ ރާއްޖޭގެ ކޯޓުތަކުގެ އިންތިޒާމްތަކުގެ ބޭރުން، ހުޅުމާލޭގައި، ލަންކާގައި ހުރި މައުޒޫނަކު ލައްވާާ އޮންލައިންކޮށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކާއި ފެމިލީ ކޯޓުގެ ހުއްދަ ނުހޯދައި ދެ އަންބަށް ކައިވެނިކުރުމުން، ގަވައިދާ ޚިލާފުވެގެން 5،000ރ. އިން އިމްރާނު ޖޫރިމަނާ ކުރި ވާހަކައެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއްބާވައެވެ؟

މިކަމާ ގުޅިގެން "އަދިވެސް" އިން ބެލިބެލުމުން އެނގުނު ގޮތުގައި މ. ކޮޅުފުށި، މަލްހާރު، އިމްރާން އަބްދުﷲ އާއި ގ. ރަންދެލިގެ، ފާތުމަތު ޔުމްނާ ކައިވެނިކުރައްވާފައި ވަނީ 28 މާޗު 2020 ގެ ރޭ 9.45 ގައި ހުޅުމާލެ މަރީނާ ވިއުގައެވެ. ވަލީ ދެއްވާފައި ވަނީ ޔުމްނާގެ ބައްޕަ، މޫސާ ނިޒާރެވެ. ހެކިވެރިންގެ ގޮތުގައި ތިއްބެވީ ހުޅުމާލެ ފްލެޓް މުހައްމަދު އިބްރާހިމާއި ޏ. ފުވައްމުލައް، ނޫރުވާދީ، އަލީ ނަޒީރެވެ. މީގެ ތެރެއިން އަދާލަތު ޕާޓީއަށް ނިސްބަތްވާ ނަޒީރަކީ، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

އިމްރާނާއި ނަޒީރު (ވ) އަތޮޅުތެރޭގެ ރަށެއްގައި..

މި ކައިވެނިކޮށްދެއްވި މައުޒޫނަކީ ލަންކާގެ މައުލަވީ އަލްހާފިޒު އަލްހާއްޖު، އެސް.ޔޫ މުހައްމަދު ލަފިރު (މަނާރީ) އެވެ. މީނާއަކީ ލަންކާގައި ވަރަށް ގިނަ ދިވެހިންނަށް ވެސް ކައިވެނިކޮށްދޭ މައުޒޫނެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ކޮށްދޭ ކައިވެނި ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގަބޫލްކުރާ ކަމަށް ވެސް ވެއެވެ.

މި ކައިވެނިކޮށްދިންއިރު، ކޮވިޑް19 ގެ އާލަމީ ވަބާގެ ސަބަބުން ލަންކާގައި ކަރފިއު ހިންގާފައި އޮތުމުން، ކައިވެނީގެ މަޖިލީސް އަށް ދެމަފިރިންނަށް ފަރުދީ ގޮތުން ހާޒިރު ނުވެވުނީ ކަމަށާއި އެހެންވެ ކައިވެނިކޮށްދީފައި ވަނީ އޮންލައިންކޮށް ކަމަށް ކައިވެނީގެ ލިއުމެއްގައި މައުޒޫނު ބުނެ، ސޮއިކޮށްފައިވެއެވެ.

ލަންކާގެ މައުޒޫނަކު ލައްވާ، ހުޅުމާލޭގައި އޮންލައިންކޮށް ޔުމްނާއާ ކައިވެނި ބައްލަވައިގަތީ، ފެމިލީ ކޯޓުގެ ހުއްދަ ލިބިވަޑައިގެންތޯ ދެންނެވުމުން އިމްރާނު މިއަދު ވިދާޅުވީ މައުޒޫނަކީ "ދިވެހި އެމްބަސީގެ ހުއްދަ އޮންނަ ބޭފުޅެއް" ކަމަށާއި "އޮންނަ އުސޫލުން ފެމިލީ ކޯޓުގައި (ކައިވެނި) ރަޖިސްޓްރީކޮށްފައިވާ" ކަމަށެވެ.

އިމްރާނުގެ ކައިވެނިކޮށްދިން މައުޒޫން ހުރީ ލަންކާގައި ކަމަށްވާތީ، އެ ކައިވެނި ބަލަނީ ލަންކާގައި ކުރި ކައިވެންޏެއްގެ ގޮތުގައެވެ.

ގަވައިދު ބުނާ ގޮތުން ފެމިލީ ކޯޓުގެ ހުއްދަ ނެތި ރާއްޖެއިން ބޭރުގައި ދެ އަންބަށް ކައިވެނިކޮށްފި ނަމަ، 5،000ރ. އިން ޖޫރުމަނާކުރެއެވެ. އެހެންވެ އިމްރާނުގެ ކައިވެނި ވެސް ރަޖިސްޓްރީކުރަން ހުށަހެޅުމުން، 5،000ރ. އިން ވަނީ ޖޫރުމަނާކޮށްފައި ކަމަށް އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
327112
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.