Support Us

People's Majlis Secretariat Male, Maldives.

އާ މަޖިލިސް ހުވާކުރުން މޭ 28ގައި

ރައްޔިތުންގެ އާ މަޖިލިސް ހުވާކުރުން އަންނަ މޭ މަހުގެ 28ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ކާމިޔާބުކުރެއްވި މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމީޔާތު މޭ 28ގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިސްގެ ދައުރު ހަމަވާނީ މޭ 15 އަށް ކަމަށާއި އަދި އެހެން ގޮތަކަށް ހަމަނުޖައްސާހާ ހިނދަކު، 19 ވަނަ މަޖިލިސްގެ ފަހު ޖަލްސާ، މޭ 13 ވާ ހޯމަ ދުވަހު ބާއްވަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 93 ދާއިރާއަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި ޕީ.އެން.ސީ އަށާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް 70 ގޮނޑިއަށް ވުރެ ގިނައިން ލިބިފައިވާއިރު ރައީސް މުއިއްޒު އަޒުލްކުރަން ނުކުތް އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަދި އަމިއްލަ މެމްބަރުންނަށް ލިބިފައިވަނީ 11 ގޮނޑިއެވެ. މި އިންތިހާބުގައި ދަ ޑިމޮކްރެޓްސް އާއި އަދާލަތަށް އެންމެ ގޮނޑިއެއް ވެސް ނުލިބެއެވެ.

އާދިއްތަ ދުވަހުގެ އިންތިހާބުގައި، މަޖުލީހުގެ ރައީސް އަސްލަމްގެ ގޮނޑި އާއި މަޖިލީހުގެ ނައިބު ރައީސް ހޯރަފުށީ ދާއިރާގެ އަހުމަދު ސަލީމުގެ ގޮނޑި ވެސް ވަނީ ގެއްލިފައެވެ.

ޖުމްލަ 41 އަންހެނުން ވާދަކުރި މި އިންތިހާބުގައި ގޮނޑި ކަށަވަރުވީ އެންމެ ތިން އަންހެނުންނަށެވެ. އެއީ ފ. ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދުދާއިރާގެ އަސްމާ ރަޝީދާއި ރައީސް މުއިއްޒު އެންޑޯޒްކުރެއްވި، ހުރާ ދާއިރާގެ ޑރ. އަނާރާ ނައީމެވެ.

އާދިއްތަ ދުވަހުގެ އިންތިހާބުގައި ރައީސް މުއިއްޒުގެ ޕީ.އެން.ސީ އަށް ވަނީ ރާއްޖޭގެ ފަސް ސިޓީގެ ވެސް އަގުލަބިއްޔަތު ލިބިފައެވެ. އެއީ މީގެ ކުރިން އެމް.ޑީ.ޕީން މެޖޯރިޓީ ހޯދަމުން އަންނަ މާލޭގެ އިތުރުން، އައްޑޫ އާއި ކުޅުދުއްފުއްޓާއި، ފުވައްމުލަކާއި ތިނަދޫއެވެ.

މި އިންތިހާބުގައި ފާހަގަކުރެވުނު އަނެއް ކަމަކީ ކުރީގެ ތިން ރައީސަކު ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންފައިވާ ކަމެވެ. އެ ގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތާއީދު ކުރެއްވި އެންމެ ކެންޑިޑޭޓަކަށް ވެސް ގޮނޑިއެއް ނުލިބުނެވެ. އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫނާއި ދޮށީ ދަރިކަލުން ފާރިސް މައުމޫނަށް ވެސް ކާމިޔާބު ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *