Support Us

ލިޔުންތެރިޔާ: މުހައްމަދު ދީދީ

ތާރީޚު ކިޔަވައިދެއްވަން މުޙައްމަދު ދީދީ ފެއްޓެވީ ބެޗެލަރ އޮފް އާރޓްސް އަދި މާސްޓަރ ޑިގްރީ ޙާޞިލް ކުރެއްވުމަށް ފަހު، 2002 ވަނަ އަހަރު ދިވެހިބަހުގެ ޑިގްރީ ކޯހަށް ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚު ކިޔަވައިދެއްވަން ފެއްޓެވި ހިސާބުންނެވެ. ދިވެހިރާއްޖޭގެ އަޑުން ފޮނުވި "ދުނިޔޭގެ ޞަފްޙާތަކުން" މި ޕްރޮގްރާމުގެ ކޮންޓެންޓް އަހަރެއްހާ ދުވަހު ތައްޔާރުކޮށްދެއްވުމުގެ އިތުރުން 'މިއަދު' ނޫހަށްވެސް މުޙައްމަދު ދީދީ ލިޔުއްވައިފައި ވެއެވެ. ދިވެހިތާރީޚަށް ޚިދްމަތް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން 2019 ވަނަ އަހަރު ވަނީ 'އަގުވަޒަންކުރުމުގެ' ފިލާ ދެއްވައިފައެވެ.