Support Us

ސަމުގާގެ މިޞްރާބުތަކަށް ކިޔަމުންއައި ދިވެހި ނަންތައް އެނގޭތަ؟

ސަމުގާ އަކީ ދަތުރުފަތުރު ކުރުމުގައި މިޞްރާބު ދެނެގަތުމަށް ބޭނުންކުރާ ނެވިކަމުގެ އާލާތެކެވެ. މީލާދީ ސަނަތުގެ ކުރިން 206 (ބީ.ސީ) ގައި ޤަދީމީ ޗައިނާގައި ސަމުގާ އުފައްދާފައި ވެއެވެ. ސަމުގާ މަސައްކަތް ކުރަނީ ދަގަތްފާނުގެ ބާރުގައެވެ.

މިބާވަތުގެ ސަމުގާއަށް ކިޔަނީ މެގްނެޓިކް ކޮމްޕަސް އެވެ. ދުނިޔޭގެ އަސްލު ނޯތް (ޓްރޫ ނޯތް) އާއި މެގްނެޓިކް ކޮމްޕަސްއަކުން ދައްކާ ނޯތްގައި ތަފާތުތަކެއް ވާނެއެވެ.

ސަމުގާ ބަހާލެވެނީ މައިގަނޑު ހަތަރު ބަޔަށް ކިޔާ އިނގިރޭސި ނަމަކީ ކާރޑިނަލް ޕޮއިންޓްސް (Cardinal Points)އެވެ. އެއީ އުތުރު (North)، އިރުމަތި (East)، ދެކުނު (South) އަދި ހުޅަނގު (West) އެވެ.

ކާޑިނަލް ޕޮއިންޓްސް ފިޔަވާ އިތުރު ހަތަރުބައި ނުވަތަ އިންޓަރ މީޑިއޭޓް ޕޮއިންޓްސް އަށް ސަމުގާ ބަހާލެވެއެވެ. އެއީ އިރުއުތުރު (North-East)، އިރުދެކުނު (South-East)، ހުޅަނގުދެކުނު (South-West)، އަދި ހުޅަނގުއުތުރު (Northwest) އެވެ.


ކާޑިނަލް ޕޮއިންޓްސް އަށް ދިވެހިން ކިޔަމުންއައި ނަންތަކަކީ އުތުރަށް "ގަހާ" އެވެ. ދެކުނަށް "ކާލި" އެވެ. އިރުމައްޗަކީ "އަރާ މުރިނގު" އެވެ. ހުޅަނގަކީ "އޮއްސޭ މުރިނގެ"ވެ. ސަމުގާގެ ގަހާއިން ކާއްޔަށް ދަމައިލެވޭ ރޮނގަކުން ސަމުގާ ދެބައިވާއިރު އިރުމަތީ ފަޅިއަށް ކިޔާނަމަކީ "އީރާން"އެވެ. އަދި ހުޅަނގު ފަޅިއަށް ކިޔާ ނަމަކީ "އަސްތަމާން" އެވެ.


ސަމުގާގެ 32 މިޞްރާބަކަށް ދިވެހިން ކިޔަމުންއައި ނަންތަކެއް ވެއެވެ. މިއިން ކޮންމެ ދެ މިޞްރާބެއްގެ ދެމެދުގައި ހުންނަނީ 11.25 ދަރަޖަ (111⁄4 ޑިގްރީ) އެވެ. ސަމުގާގެ އިރުމަތީ (އީރާނު) ފަޅި އާއި ހުޅަނގު (އަސްތަމާނު) ފަޅީގައި ހުންނަނީ އެއް ނަންތަކެވެ. ސަމުގާގެ މިޞްރާބުތަކަށް ދިވެހިން ކިޔަމުންއައި ނަންތަކަކީ: ގަހާ، ފަރުގަދި، ނާސި، ނާގާ، އައްޔޫގު، ގާސިލު، ސިމާގު، ތުރިއްޔާނު، މުރިނގު، ޖައުޒާ، ތީރު، އަގުރަބު، ގަލްބު، ހިމާރިޔަން، ސިއްލި، ސިއްލަވާރު، ސުހައިލު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *